ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ކޮންމެ ޝަހީދެއްގެ ބަދަލު ވަކިވަކީން ހިފާނަން: އީރާން
ދުނިޔެ

ކޮންމެ ޝަހީދެއްގެ ބަދަލު ވަކިވަކީން ހިފާނަން: އީރާން

އއަހުމަދު މުހައްމަދު13 މާރިޗު 2026
އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން އުދުވާނީ ހަމަލާގައި އެގައުމުން ޝަހީދުވި ކޮންމެ ޝަހީދެއްގެ ބަދަލު ވޭންދެނިވި ގޮތަކަށް ހިފާނޭ ކަމުގެ އިންޒާރު އީރާނުގެ މަސްއޫލުވެރިން އެމެރިކާއާއި އިޒްރޭލަށް ދީފިއެވެ. ފިރިހެންވަންތަ މި އިންޒާރާއެކު މުޅިދުނިޔެއަށް ވަނީ ސިހުން ލިބިފައެވެ. ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ވެސް އެމެރިކާއާއި އިޒްރޭލުގެ ތައްޕާހުން އުޅޭ ގައުމުތައް ވަނީ ބިރުން ފިތްކަނޑައިގެން ގޮސްފައެވެ. އީރާނުން އިންޒާރު ދީފައިވަނީ މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ ހައްގުގައި ގުރުބާންވި ކޮންމެ ޝަހީދެއްގެ ބަދަލު ވަކިވަކިން ހިފާނީ ނިކަން ކެރިންގެން ފިސާރި އަޒުމާއެކީގައި ކަމަށެވެ. "ކޮންމެ ޝަހީދެއްގެ ބަދަލު ވަކިވަކިން ހިފާނަން،" މިއީ މެދުއިރުމަތީގެ އަދުގެ "ސިންގާ" އީރާނުން އެގައުމުގެ ދުޝްމަނުންނަށް ދީފައިވާ ސީދާ އިންޒާރެކެވެ. ގައުމަށާއި އެގައުމުގެ ކޮންމެ ރައްޔިތަކަށް ލިބުނު ކޮންމެ އަނިޔާއަކަށް އިސްލާމީ އުސޫލުތަކުގެ މަތިން، ހައްގު އަދަބު އެކަންކުރި ކާފަރު ދުޝްމަނުންނަށް ދިނުމުގައި އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނޭ ކަމަށް ވެސް ވަނީ ބުނެފައެވެ. ބަދަލު ހިފުމުގެ ވަރުގަދަ ރޫހުގައި ދީފައިވާ ގަދަފަދަ މިއިންޒާރަށްފަހު ސަރަހައްދީ މަސްރަހު މިވަނީ އިތުރަށް ނުހަނުވެފައެވެ. މިފަދަ ބަދަލެއް ހިފާނޭ ކަމުގެ އިންޒާރު އެގައުމުގެ އެންމެމަތީ ލީޑަރުވެސް ވަނީ ދެއްވައިފައެވެ.  

ގުޅުންހުރި ޚަބަރު