ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަމިއްލަ ފިސްތޯލައިން ގޯވިންދާ ޒަހަމްވެއްޖެ
ދުނިޔެ

އަމިއްލަ ފިސްތޯލައިން ގޯވިންދާ ޒަހަމްވެއްޖެ

އއަހުމަދު މުހައްމަދު1 އޮކްޓޯބަރު 2024
ބޮލީވޫޑޫގެ މަޝްހޫރު ސުޕަރސްޓަރ ގޯވިންދާ އޭނާގެ އަމިއްލަ ފިސްތޯލައިން ޒަހަމްވެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. މިހާދިސާ ހިނގާފައިވަނީ، މިއަދު ހެނދުނު ކަލްކަތާގައި އޮތް އިވެންޓަކަށް ދާން ތައްޔާރުވުމަށްޓަކައި، ގޯވިންދާ އޭނާގެ އަލަމާރީން އަންނައުނު ނަގަމުން ދަނިކޮށް އޭގެ ތެރޭގައި ލޯޑްކޮށްފައި އޮތް އޭނާގެ ފިސްތޯލަ ބިންމައްޗަށް ވެއްޓި ޖެހުނު ގޮތަކުންނެވެ. ލޯޑް ކޮށްފައި އޮތުމުން އެ ވެއްޓިގެން ޖެހުނު ގޮތަކުން އެއިން ވަޒަން ނުކުމެ އެރީ އޭނާގެ ފަޔަށެވެ. އެކަމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ގޯވިންދާއަށް ދަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެވެ. ޚަބަރުތަކުން މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ފަޔަށް އެރި ވަޒަން އޮޕަރޭޝަނަށްފަހު މިހާރު ވަނީ ނަގައިފައެވެ. ނަމަވެސް އަދިވެސް ފަރުވާދެމުންދަނީ އައިސޫގައި ބާއްވައިގެންނެވެ. އެހާދިސާހިނގިއިރު އޭނާގެ އަންހެނުން ވަނީ ކަލްކަތާގައި އޮތް ވިވެންޓަށް ގޮސްފައެވެ.

ގުޅުންހުރި ޚަބަރު