ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޝަހީދު ޚާމަނާއީ އަކީ އީމާންތެރިކަމާއި ކެތްތެރިކަމުގެ ނަމޫނާއެއް: މުޖުތަބާ ޚާމަނާއީ
ދުނިޔެ

ޝަހީދު ޚާމަނާއީ އަކީ އީމާންތެރިކަމާއި ކެތްތެރިކަމުގެ ނަމޫނާއެއް: މުޖުތަބާ ޚާމަނާއީ

އއަހުމަދު މުހައްމަދު13 މާރިޗު 2026
ޝަހީދުވި ބައްޕާފުޅުގެ ހަށިކޮޅު ދެކެވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް، އީރާނުގެ އައު ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ ޝަހީދު ޢަލީ ޚާމަނާއީ ފެނިވަޑައިގެންނެވުމުން ސިފަވީ ސާބިތުކަމުގެ ފަރުބަދައެއް ފަދަ ގޮތަކަށް ކަމަށެވެ. މުޖުތަބާ ޚާމަނާއީ އެ މަންޒަރު ސިފަކުރައްވާފައިވަނީ އީމާންތެރިކަމާއި ކެތްތެރިކަމުގެ ނުހަނު ވަރުގަދަ ނަމޫނާއެއްގެ ގޮތުގައެވެ. އިސްލާމީ އުއްމަތުގެ ހައްގުގައި މަތިވެރި ގުރުބާނީއެއް ވެވަޑައިގެންނެވި ލީޑަރެއްގެ ސާބިތުކަން، އެމަނިކުފާނުގެ ފަހު މަންޒަރުންވެސް ހާމަވެގެންދިޔަކަން މުޖުތަބާގެ ބަޔާނުން އެނގިގެންދިޔައެވެ. އައު ލީޑަރު މުޖުތަބާ ޚާމަނާއީ ވެގެންދާނީ ދުޝްމަނުންގެ ސަފުތައް ރޫޅާލައި ބައިބައި ކޮށްލާނޭ ވެރިއަކަށް ކަމަށް އީރާނަށް ތާއީދު ކުރާ ފަރާތްތަކުންދަނީ ބުނަމުންނެވެ. އަދި އިސްލާމުންނަށް ދުއްތުރާ ކުރަމުން  ސަފުތައް ބައިބައި ކުރަމުންދާ ފަރާތްތަކަށް މުޖުތަބާ ވެގެންދާނީ ބައްޕާފުޅަށްވުރެ ހަރުކަށި ކޮމާންޑަރަކަށެވެ. މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާގައި ޝަހީދުވި އެންމެހާ ޝުހަދާއިންގެ ލޭގެ ބަދަލު ވަކިވަކިން ހިފާނޭ ކަމަށެވެ.  

ގުޅުންހުރި ޚަބަރު