ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޔަހޫދީ ބޮޑުވަޒީރު އައުވާނުންނާއެކު ބިންގަރާހަށް ވަދެ ފިލައިފި
ދުނިޔެ

ޔަހޫދީ ބޮޑުވަޒީރު އައުވާނުންނާއެކު ބިންގަރާހަށް ވަދެ ފިލައިފި

ޟޟަމްރަތު އަހްމަދު13 މާރިޗު 2026
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތައްންޔާހޫއާއި އޭނާގެ އައުވާނުން (ވަޒީރުން) އީރާނުގެ މިސައިލް ތަކުން ރައްކާތެރިވުމަށްޓަކައި ބިންގަރާސްތަކަށް ވަދެ ފިލައިފިއެވެ. ބޭރުގެ މީޑިއާއިން ބުނެފައިވަނީ އިރާނުގެ ހަމަލާތައް ވަރުގަދަވެ ބިރު ބޮޑުވެފައިވާ މިވަގުތު ސަލާމަތި ސަބަބު ތަކަށްޓަކައި ނަތަންޔާހޫ ވަނީ އިޒްރޭލުގެ މަސްއޫލުވެރިންނަސް ސީދާ މުއާމަލާތް ކުރުމް ހުއްޓާލައިފައެވެ. ނުވަތަ މަދުކޮށްފައެވެ. ހަނގުރާމައާ ބެހޭގޮތުން މަސްއޫލުވެރިންނާ މުވާސަލާތު ކުރަމުންދަނީ ވީޑިއޯއާއި އޯޑިއޯ މެދުވެރިކޮށް ކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ. އިޒްރޭލުން އިސްވެ އީރާނަށްދިން އުދުވާނީ ހަމަލާގެ ހޫނުކަން ބޮޑުވެ ވަރުއަރަމުންގޮސް މިހާރުވަނީ އިޒްރޭލު މީހުންގެ ގޭތެރެއަށް ހަމަލާތައް ވަންނަން ފަށައިފައެވެ. މިހިސާބަށް ދިއުމުން މުރުތައްދު ދައުލަތުންވަނީ އިޒްރޭލުގެ ސްކޫލްތައް ވެސް ބަންދުކޮށްފައެވެ. އަދި ސްކޫލްތައް ހުޅުވޭނޭ ދުވަހެއްވެސް ނޭނގޭ ކަމަށް ޔަހޫދީ ދައުލަތުގެ އެޑިޔުކޭޝަން މިނިސްޓަރު ވަނީ ބުނެފައެވެ. ސްކޫލްތައް ނުހުޅުވިޔަސް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްދާނޭ ކަމަށް ޔަހޫދީ ކަލޭގެ ބުންޏެވެ. ޒަޔަނިސްޓު ދައުލަތުން އީރާނަށް ދިން ހަމަލާއާ ގުޅިގެން އީރާނުން ދިފާއީ ހަމަލާތައްދީ ޔަހޫދީ ދައުލަތް މިހާރުވަނީ ގިއްގަޅުވާފައެވެ. މުޅި ގައުމުވަނީ ހުއްޓިފައެވެ. އިގްތިސާދު ދަނީ ފުނޑުފުނޑުވަމުންނެވެ. މަސައްކަތްތަކައި ވިޔަފާރިތައް ވަނީ ހުއްޓި ހިމޭން ވެފައެވެ. އިޒްރޭލުގެ ގިނަސިޓީތައް ވަނީ ބިމާ ހަމަކޮށްފައެވެ. ރައްޔިތުން އުޅެން ޖެހިފައިވަނީ ބިންގަރާސްތަކުގައެވެ. އެތައް ބަޔަކު އިޒްރޭލް ދޫކޮށްފައި ޔޫރަޕަށް ހިޖުރަކޮށްފައެވެ. އީރާނު އަދިވެސް ދަނީ ޔަހޫދީ ދައުލަތަށް އަހުވަ ދައްކަމުންނެވެ.

ގުޅުންހުރި ޚަބަރު