ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންްތަކެއް މަރާލައިފިން: ނަތަންޔާހޫ
ދުނިޔެ

އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންްތަކެއް މަރާލައިފިން: ނަތަންޔާހޫ

ޟޟަމްރަތު އަހްމަދު13 މާރިޗު 2026
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންތަކެއް  ޝަހީދު ކޮށްލައިފި ކަމަށް ޔަހޫދީ ދައުލަތު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ބިންގަރާހުގައި ފިލައިގެން އުޅެފައި ނުކުމެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ބުނީ އޭނާގެ ނުލަފާ ސިފައިންވަނީ އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންގެ އެތައް ބަޔަކު ޝަހީދު ކޮށްލާފައި ކަމަށެވެ. އެހެން ނަމަވެސް އަދަދެއް ނުބުނެއެވެ. މީގެ ކުރިން ވެސް ޔަހޫދީ ސިފައިން ވަނީ އީރާނަށް ހަމަލާދީ ނިޔުކުލިއަރ ސައިންޓިސްޓުން ތަކެއް ޝަހީދު ކޮށްލައިފައެވެ. ނަތަންޔާހޫ ބުނީ މިހާރު އަންނަނީ އީރާނުގެ މިނިވަންކަމުގެ އައު މަގެއް ކޮށެން ކައިރިވަމުން ކަމަށެވެ. އެހާލަތުގައި އެގައުމުގެ މުސްތަގުބަލު ބިނާކުރުމުގެ ކަންކަން އޮންނާނީ އީރާނުގެ ރައްޔިތުންނަށް ކަމަށް ޔަހޫދީ ކަލޭގެ ބުންޏެވެ. އޭނާބުނީ މިހާރު ކުރަމުން އަންނަ ހަނގުރާމައިގައި ކޮންމެ ދުވަހަކުވެސް އެމެރިކާގެ ރައީސާ ވާހަކަ ދައްކާ ކަމަށެވެ. ހަނގުރާމައާ ބެހޭ ކަންކަން ނިންމަނީ ދެ މުޖުރިމުން މަޝްވަރާ ކޮށްފައި ކަމަށެވެ. އޭނާ ބުނީ އިޒްރޭލުގެ ސިފައިން އީރާނަށް ދެމުންގެންދާ ހަމަލާތައް މިހާރުވާނީ ކުރިއަށްވުރެ ވަރުގަދަށް ވެސް ކޮށްފައިވެއެވެ. އަދި އަރަބި ހުރިހާ ގައުމުތަކެއް ސުންނާފަތިކޮށްލާނޭ ކަމަށް ބުނިކަމަށް ވެސް ވެއެވެ.

ގުޅުންހުރި ޚަބަރު