ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މިހާރުއޮތީ ކުރީގެ އިރާނެއްނޫން، މުޖުތަބާ ޝަހީދު ކޮށްލާނަން: ނަތަންޔާހޫ
ދުނިޔެ

މިހާރުއޮތީ ކުރީގެ އިރާނެއްނޫން، މުޖުތަބާ ޝަހީދު ކޮށްލާނަން: ނަތަންޔާހޫ

ޟޟަމްރަތު އަހްމަދު13 މާރިޗު 2026
އީރާނުގެ އައު ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ޝަހީދުކޮށްލާނޭ ކަމުގެ ނުރައްކާތެރި އިންޒާރު ޔަހޫދީ ދައުލަތުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ. ފެބުރުވަރީ އަށާވީސް ވަނަދުވަހު ހަނގުރާމަ ފެށުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރީންނަށް މައުލޫމާތު ދެމުން ޔަހޫދީ ޣައްދާރު ބުނެފައިވަނީ އެމެރިކާއާ ގުޅިގެން ޔަހޫދީ ދައުލަތުން ކުރަމުން އަންނަ ވައިގެ ހަނގުރާމައިގައި ހަމަލާދީ އީރާނުގެ އައު ލީޑަރު ޝަހީދުކޮށްލާނޭ ކަމަށެވެ. ޔަހޫދީ ކަލޭގެ ބުނީ ދެ ހަފުތާ ވަންދެން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު އީރާނަކީ މިހާރު އޮތް ގައުމެއް ނޫން ކަމަށެވެ. މިހަމަލާ ތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯ އަށާއި ބަސީޖް ޕެރަމިލިޓަރީ ފައުޖަށް ވެސް ހަމަލާދީ ބޮޑެތި ގެއްލުންދީފައިވާނޭ ކަމަށް ބުނެ މިކަލޭގެ ވަނީ މީޑިއާގައި ސަޅި ބައިސާ ކަނޑާފައެވެ.  

ގުޅުންހުރި ޚަބަރު