ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އެމެރިކާ ބަލި ގަބޫލުކޮށް މެދުއިރުމަތީން ފައިބަން އެއްބަސް ވެއްޖެ
ދުނިޔެ

އެމެރިކާ ބަލި ގަބޫލުކޮށް މެދުއިރުމަތީން ފައިބަން އެއްބަސް ވެއްޖެ

ޟޟަމްރަތު އަހްމަދު14 މާރިޗު 2026
އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށްކުރަމުންދާ ހަނގުރާމައިން އެމެރިކާ ބަލިވެއްޖެ ކަމަށް އެގައުމުން ގަބޫލުކޮށްފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު މިހަމަލާ އެމެރިކާއާއި އިޒްރޭލުން ފަށައިގަތީވެސް އީރާނުގެ އޭރުގެ އެންމެމަތީވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއި އާއި އިސް ކޮމާންޑަރުންތަކެއް ޝަހީދު ކުރުމަށްފަހުއެވެ. އެފަހުން އީރާނުން ދޭންފެށި ވަރުގަދަ ރައްދަށް 13 ދުވަސްވީއިރު އެމެރިކާ ވަނީ އިނދަޖެހިފައެވެ. އެމެރިކާއިން މިހާރުވަނީ ހަނގުރާމައިން ބަލިވެއްޖެކަން ގަބޫލުކޮށް މެދުއިރުމަތީ ގައުމުތަކުން ފޭބުމަށް އެއްބަސްވެފައި ކަމަށް މައުލޫމާތުވަނީ ލިބިފައެވެ. ދުނިޔޭގެ ސުޕަރޕަވަރުގެ ގޮތުގައި ހަތްދިހަ އަހަރުވަންދެން އޮތް އެމެރިކާ ބޭނުންވަނީ އެގައުމުގެ އަބުރާއި ޝަރަފަށް ހުތުރުނުވާގޮތަށް މެދުއިރުމަތީން ފައިބާން ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ހަނގުރާމަ ފެށިއިރު އެމެރިކާއަށް ހީވެފައި އޮތީ އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލައިގެން އީރާނު އަތްދަށުލެވިދާނޭ ކަމަށެވެ. އެހެންނަމަވެސް ޓްރަމްޕާއި އޭނާގެ އަސްކަރީ ޖެނެރަލުންނަށް ފެނިގެންދިޔައީ ތަފާތު މަންޒަރަކެވެ. ރައްޔިތުންގެ މެދުގައި ބައިބައިވުމެއް ނުއުފެދުނެވެ. ސަރުކާރު ވަށްޓާލުމުގެ ބަދަލުގައި ރައްޔިތުން ނުކުތީ ސަރުކާރާ އެއްކޮޅަށް ސަރުކާރު ދަމަހައްޓާށެވެ. ގަލްފުގެ ގައުމުތަކުން އެމެރިކާ ފައިބަންޖެހޭނީ އީރާނުގެ ޝަރުތުތައް އެއްވެސް އިތުރު ޝަރުތަކާ ނުލައި ގަބޫލުކޮށްގެންނެވެ. އެމެރިކާ ސިފައިން މެދުއިރުމަތީން ފޭބުމަކީ އީރާނުގެ އެންމެބޮޑު އެއްޝަރުތެވެ. މިކަން ގަބޫލުކޮށް މެދުއިރުމަތީން އެމެރިކާ ފައިބާނީ ދެ ފިޔަވައްސަކަށް ބަހައިގެން ކަމަށް ބޭރުގެ ފަރާތްތަކުންވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު