ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އަވަށްޓެރި ގައުމުތަކަށްދޭ ހަމަލާތައް ހުއްޓާލުމަށް ހަމާސްއިން އީރާނަށް ގޮވާލައިފި
ދުނިޔެ

އަވަށްޓެރި ގައުމުތަކަށްދޭ ހަމަލާތައް ހުއްޓާލުމަށް ހަމާސްއިން އީރާނަށް ގޮވާލައިފި

ޟޟަމްރަތު އަހްމަދު15 މާރިޗު 2026
ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ފަލަސްތީގެ ހަމާސް ޖަމާޢަތުން އީރާނަށް ގޮވާލައިފިއެވެ. ހަމާސް އިން ބުނެފައިފައިވަނީ އެގައުމުތަކަކީ އަށްޓެރި އަޚުވަންތަ ގައުމުތަކެއް ކަމަށެވެ. އެހެން ކަމުން އެ ގައުމުތަކަށް އީރާނުންދޭ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ހަމާސްއިން ބުނެފައިވެއެވެ. އެ ޖަމާއަތުން ބުނެފައިވަނީ އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް ދީފައިވާ އުދުވާނީ ހަމަލާގެ ބަދަލު ހިފުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިފައިވާ ކަމަށެވެ. އެ ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދޭންޖެހޭ ހަމަލާތަކެއް ކަމަށް ވެސް ހަމާސް ޖަމާއަތުން ވަނީ ބުނެއެވެ. އަވަށްޓެރި ގައުމުތަކަށް ދޭ ހަމަލާތަކާ ބެހޭ ގޮތުން އީރާނުން އަބަދުވެސް ބުނަމުން ގެންދަނީ އެގައުމުތަކަށް ހަމަލާ ނުދޭނޭ ކަމަށެވެ. އެހެންނަމަވެސް އަވަށްޓެރި ގައުމުތަކުގައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނޭ ކަމަށެވެ. އެހެންނޫނީ އަވަށްޓެރި ގައުމުތަކުން ޖެހޭނީ އެމެރިކާގެ އަސްކަރިއްޔާ އެއްކޮށް އެގައުމުތަކުން ބޭރުކޮށްލަން ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލޭދެނީ އެތަންތަން ބޭނުންކޮށްގެން އެމެރިކާއިން އީރާނަށް ހަމަލާދޭތީ ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ. މިހާރުވެސް އީރާނުން ބުނަމުން ގެންދަނީ އެމެރިކާގެ އެއްތައް ހާސް ބައެއް މިހާރުވެސް އަވަށްޓެރި ގައުމުތަކުގެ އެތަންމިތާގައި ފިލައިގެން އުޅޭކަމަށެވެ. އެފަދަ މީހުން އުޅޭތަންތަން އަވަށް އީރާނަށް އަންގައި ދިނުމަށް އެގައުމުން ވަނީ އަވަށްޓެރި ގައުމުތަކުގެ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ. އީރާނުގެ ބަސްމަގު މިހެން ހުއްޓަސް ހަމާސް އިން ބުނީ ގަލްފުގައި ހިނގަމުންދާ ހަނގުރާމައާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެހެން ކަމުން ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ވަނީ އީރާނަށާއި ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަށް ގޮވާލާފައެވެ. އަދި ހަނގުރާމަ ހުއްޓުވައިދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ވެސް ވަނީ ގޮވާލައިފައެވެ. ހަމާސްގެ މިބަޔާނާ މެދު އީރާނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ތެހެރާނުން އަވަށްޓެރި ގައުމުތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ އެގައުމުތަކުން އަށާރަ މީހަކު މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މީހުންނާއި އެގައުމުތަކުގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ މީހުންނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ މިހަމަލާތަކުގައި ހަ މީހަކު މަރުވެފައެވެ. ކުވައިތުން ވެސް ހަ މީހަކު ވަނީ މަރުވެފައެވެ. އޮމާން، ސައުދީ އަރަބިއްޔާ އަދި ބަހްރެއިން މިއިން ކޮންމެ ގައުމަކުން ދެ މީހަކު ވަނީ މަރުވެފަ އެވެ. އީރާނަކީ ހަމާސް ޖަމާއަތަށް އެންމެ ބޮޑު އެހީތެރިވާ ގައުމެވެ. މި ހަނގުރާމައިގެ ފުރަތަމަ ދުވަހު (ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު) އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ޙަމަލާތަކުގައި އީރާނުގެ އެންމެ މަތީ  ލިޑަރު ޢަލީ ޚާމަނައި ވަނީ ޝަހީދު ކޮށްލައިފައެވެ. ފަލަސްތީނާއި ހަމާސްއިން ވަނީ މިކަން ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް އެމަލު ކުށްވެރި ކޮށްފައެވެ.  

ގުޅުންހުރި ޚަބަރު