ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އީރާނަށް ހަމަލާ ދޭން ޖެހޭ އެތައް ހާސް ތަނެއް އެބަހުރި: އިޒްރޭލް
ދުނިޔެ

އީރާނަށް ހަމަލާ ދޭން ޖެހޭ އެތައް ހާސް ތަނެއް އެބަހުރި: އިޒްރޭލް

ޟޟަމްރަތު އަހްމަދު16 މާރިޗު 2026
އީރާނަށް ހަމަލާ ދޭން ޖެހޭ އެތައް ހާސް ތަނެއް އަދިވެސް އެބަހުރި ކަމަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އެފީ ޑެފްރިން ބުނެފިއެވެ. އެހެންނަމަވެސް އެއީ ކޮންތަންތަނެއް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ. ޑެފްރިންއާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވަނީ އީރާނަށް ހަމަލާދޭން ޖެހޭ އެތައް ތަނެއް ކޮންމެ ދުވަހަކު ވެސް ފާހަގަ ކުރަމުންދާ ކަމަށެވެ. އެ އެޖެންސީން ބުނެފައިވަނީ އީރާނާއި ހިޒްބްﷲ އާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް މެދު ނުކެނޑި ދެމުން ގެންދާނޭ ކަމަށެވެ. މި ހަނގުރާމައިގައި އީރާނާއި ހިޒްބްﷲ އިން ވެސް އޮތީ އިޒްރޭލާއި އެމެރިކާއަށް އެންމެ ތަންފުކެއްވެސް ދޫދޭގޮތަކަށް ނޫނެވެ. ދުވަހެއް ދުވަހެއް ހަމަލާތައް ދަނީ ވަރުގަދަ ވަމުންނެވެ. ހަނގުރާމަ މިހިސާބަށް ދިއުމުން އިޒްރޭލްވަނީ ކަންބޮޑުވެ ހާސްވެފައެވެ. އެހެން ކަމުން އެމެރިކާއާއި އިޒްރޭލުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލަން ކަމަށް ޚަބަރުތައް ބުނެއެވެ. އެޕްރީލް ހަތަރެއްގައި ހަނގުރާމަ ހުއްޓާލާނޭ ކަމަށް އިޒްރޭލުން ބުނެފައިވާ ކަމަށް ވެސް ޚަބަރުތައް ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް އީރާނުން އަމާންދޭނޭ ކަމަށް ނުބެލެވެއެވެ.  

ގުޅުންހުރި ޚަބަރު