ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާދީފާނޭ ކަމަށް ހިތަށްވެސް ނާރާ: ޓްރަމް
ދުނިޔެ

އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާދީފާނޭ ކަމަށް ހިތަށްވެސް ނާރާ: ޓްރަމް

އއަހުމަދު މުހައްމަދު17 މާރިޗު 2026
އެމެރިކާއާއި އިޒްރޭލު އެކުވެގެން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނާ އަވަށްޓެރި ގައުމުތަކަށް އީރާނުން ހަމަލާދީފާނެ ކަމަށް އެއްވެސް ބަޔަކު ހިތަށް ނާރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ބުނެފިއެވެ. ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާ ދިނުމުން އެކަމާ ހައިރާންވި ކަމަށެވެ. މިހަލާތަކާ ގުޅިގެން އީރާނުން ބުނަމުދަނީ އެކުވެރި ގައުމުތަކަށް ހަމަލާ ނުދޭނޭ ކަމަށެވެ. އަދި ދޭންވެސް ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ހަމަލާދޭން ޖެހުނީ އަވަށްޓެރި ގައުމުތަކުގައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކުން ފުރައިގެން އައިސް އީރާނަށް ހަމަލާދޭތީ ކަމަށެވެ. އީރާނުން ހަމަލާދީފައިވާނީ އެމެރިކާގެ އަސްކަރީ ތަންތަނަށް ކަމަށް އެގައުމުން ބުނެފައެވެ. އެހެން ކަމުން މިހާރު އެފަދަ ގައުމުތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކޮށްލުމުން އެތަންތަނަށް ވެސް ހަމަލާ ނުދޭނޭ ކަމަށެވެ. އީރާނުން ހަނގުރާމަކުރަނީ އަމިއްލަ ދިފާއުގައި ކަމަށް ވެސް ބުނެފައިވެއެވެ. އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާ ދޭނޭ ކަމުގެ މައުލޫމާތު ކުރިން ނުލިބުމުން އެކަމާ ހައިރާންވޭތޯ ނޫސްވެރިން އެހުމުން ޓްރަމްޕް ބުނީ ހައިރާން ނުވާކަމަށެވެ. އެހެންނަމަވެސް އެންމެބޮޑެތި ތަޖުރިބާކާރުން ވެސް އެ މީހުން ހަމަލާދީފާނޭ ކަމަށް ހީނުކުރާ ކަމަށް ޓްރަމްޕް ބުންޏެވެ. މި ހަނގުރާމައިގައި އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން ގަތަރާއި ސައުދީއަރަބިއްޔާއި، ޔޫއޭއީއާއި، ބަހުރައިނާއި ކުވައިތަށް ވެސް ހަމަލާ ދީފައެވެ.  

ގުޅުންހުރި ޚަބަރު