ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އީޔޫއިން ވެސް ޓްރަމްޕަށް ނޫނެކޭ ބުނެފި
ދުނިޔެ

އީޔޫއިން ވެސް ޓްރަމްޕަށް ނޫނެކޭ ބުނެފި

އއަހުމަދު މުހައްމަދު17 މާރިޗު 2026
ހޮރުމުޒު ކަނޑުއޮޅި ހިމާޔަތްކޮށް އެތަނުން ތެޔޮޓޭންކަރުތަކަށް ދަތުރުކުރެވޭނޭ ގޮތް ހެދުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީއަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެދުމުން އީޔޫއިން ނޫނެކޭ ޓްރަންޕް ލަދުގަންނުވައިފިއެވެ. އީޔޫގެ ގައުމުތަކުގައި ޓްރަމްޕް އެދުނީ ހޮރުމުޒު ކަނޑުއޮޅި އީރާނުން ބަންދު ކުރުމުން އެތަން ހުޅުވުމުގައި އެގައުމުތަކުން އޭނާއަށް އެހީވުމަށެވެ. އެގޮތުން އެސަރަހައްދަށް އަސްކަރީ އުޅަނދުފަހަރު ފޮނުވައި ދިނުމަށް އޭނާ އެދުނެވެ. އީޔޫގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމަކަށްފަހު އިސް ޑިޕްލޮމެޓެއް ކަމަށްވާ ކާޖާ ކަލަސް ވިދާޅުވީޔޫރަޕްގެ އެއްވެސް ގައުމަކުން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތް ރަތްކަނޑުގައި މިހާރުވެސް އީޔޫއިން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެހެން ނަމަވެސް އޭގެ ތެރެއަށް އެހެން ކަމެއް ވައިދައި މުޅިއެތި ގަޑުބަޑު ކުރަން ބޭނުންނުވާކަމަށް ބުނެފައިވެއެވެ. ގަލްފުގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ ޔޫރަޕާ ބެހޭ ހަނގުރާމައެއް ނޫންކަމަށާއި އެހެންނަމަވެސް ހަނގުރާމައިގެ ސަބަބުން އީޔީ އޮތީ ސީދާ ނުރައްކަލަށް ހުށަހެޅިފައި ކަމަށް އޭނާ ބުންޏެވެ. އީޔޫއިން ބުނެފައިވަނީ އެގައުމުތަކުން މިހާރު ބަލަނީ އެގައުމުތަކުގެ ރައްޔިތުންގެ ކަރަންޓު ބިލް ކުޑަކުރުމަށް ކަމަށެވެ.  

ގުޅުންހުރި ޚަބަރު