ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިޒްރޭލަށް ޖާސޫސް ކޮށްދިން މިހާ ދަންޖައްސައިފި
ދުނިޔެ

އިޒްރޭލަށް ޖާސޫސް ކޮށްދިން މިހާ ދަންޖައްސައިފި

އއަހުމަދު މުހައްމަދު18 މާރިޗު 2026
އިޒްރޭލަށް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި އީރާނުން ހައްޔަރުކޮށްފައިވާ ކުރޫޝް ކޭވާނީއަށް މަރުގެ އަދަބު ދީފިއެވެ. މިޒާން ނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާއަށް މަރުގެ އަދަބު ދީފައިވަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. އީރާނުގެ އިންޓެލިޖެންސް މީހުން އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރު އިޒްރޭލާއެކު ކުރި ބާރަދުވަހުގެ ހަނގުރާމައިގެ ތެރޭގައެވެ. އެމީހާ ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށް އީރާނުގެ ނާޒުކު ތަންތަނުގެ ފޮޓޯ އާއި މައުލޫމާތު ފޯރުކޮށްދީފައެވެ. މިކަން އޭނޭ އަމިއްލަ އިޢުތިރާފުން ވަނީ ސާބިތުވެފައި ކަމަށް ވެސް މީޒާން ނިއުސް އިން ބުނެފައިވެއެވެ. މީޒާން ނިއުސް އަކީ އީރާނުގެ ޖުޑިޝަރީން ހިންގާ ނޫހެކެވެ. އީރާނުން އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން ވަނީ ގިނަ އަދަދެއްގެ ފައިސާއާއި މުވާސަލާތީ ކަންކަމަށް ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ފެނިފައެވެ. މީގެ ކުރިން ވެސް އީރާނުން ވަނީ މޮސާޑާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކަށް  މަރުގެ އަދަބު ދީފައެވެ.

ގުޅުންހުރި ޚަބަރު