ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޤަތަރުގެ ގޭސް އުފައްދާ މަރުކަޒަކަށް އީރާނުން ހަމަލާދީ ރޯކޮށްލައިފި
ދުނިޔެ

ޤަތަރުގެ ގޭސް އުފައްދާ މަރުކަޒަކަށް އީރާނުން ހަމަލާދީ ރޯކޮށްލައިފި

އއަހުމަދު މުހައްމަދު19 މާރިޗު 2026
ޤަތަރުގައި ހުންނަ ދުނިޔޭގެ އެންމެބޮޑު އެލްއެންޖީ (ނެޗުރަލް ގޭސް) އުފައްދާ މަރުކަޒަށް އީރާލުން މިސައިލް ހަމަލާއެއް ދީފިއެވެ. މިއީ އީރާނުގެ ދެކުނުގައި ހުންނަ އީރާނުގެ ގޭސް ޕްލާންޓުތަކަށް އިޒްރޭލުންދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. އީރާނުގެ މިހަމަލާގައި ޤަތަރުގެ އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށެވެ. އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވަނީ ރަސްލަފާން ސަރަހައްދުގައި ހުންނަ މި މަރުކަޒަށް ދިން ހަމަލާގައި ވަނީ އަލިފާން ރޯވެފައި ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ޤަތަރުން ވަނީ ބުނެފައެވެ. އީރާނުން ބުނެފައިވަނީ އެގައުމަކީ އަވަށްޓެރިންގެ ދުޝަމަނެއް ނޫންކަމަށެވެ. އެހެންނަމަވެސް އެގައުމަށް ހަމަލާދިނުމަށް އިޒްރޭލާއި އެމެރިކާއަށް އެހީވާ ކަމަށްވާނަމަ އަވަށްޓެރިންނަށް ވިޔަސް ހަމަލާދޭނެ ކަމަށެވެ. އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްގު އެގައުމަށް ފުރިހަމައަށް ލިބިގެންވާ ކަމަށް ވެސް އީރާނުން ދަނީ ބުނަމުންނެވެ.  

ގުޅުންހުރި ޚަބަރު