ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިޒްރޭލަށް ޙަމަލަ ދިނުމުގައި އީރާން ކާމިޔާބު ވެއްޖެ
ދުނިޔެ

އިޒްރޭލަށް ޙަމަލަ ދިނުމުގައި އީރާން ކާމިޔާބު ވެއްޖެ

އއިބްރާހީމްް ސަމީރު2 އޮކްޓޯބަރު 2024
އިޒްރޭލުގެ އެތައް މިލިއަން މީހުން ބިންގަރާހަށް ވެއްދި ފުރަތަމަ އިސްލާމީ ޤައުމަކީ އީރާން ކަމުގައި ވެއްޖެއެވެ. އިޒްރޭލަށް ހަމަލާދޭނޭކަން އީރާނުން އިއުލާން ކުރުމާއެކު ޔަހޫދިންތައް ވަނީ ބިރުން ބިންގަރާސްތަކަށް ވަދެ ފިލައިފައެވެ. އިންޒާރަށްފަހު އީރާނުން ވަނީ އިޒްރޭލަށް ބެލެސްޓިކް މިސައިލް ހަމަލަތަކެއް ދީފިއެވެ. އިޒްރޭލު މީޑިއާއިން ބުނަނީ 500 މިސައިލުން އީރާނުން ޙަމަލާ ދިން ކަމަށެވެ. އީރާނު ޓީވީ ބުނަނީ 250 މިސައިލް އިޒްރޭލަށް ފޮނުވާފައި ވާނޭ ކަމަށެވެ. ހަމަލާ ދިނުމަށްފަހު އީރާނުން ބުނެފައިވަނީ ފޮނުވި ހަމަލާގެ  90 އިންސައްތަ ކާމިޔާބު ކަމަށެވެ. މާނައަކީ ފޮނުވި މިސައިލްތަކުގެ ނުވަދިހަ އިންސައްތަ އޭގެ އަމާޒަށް ވާސިލުވިއެވެ. އީރާނުގެ މިސައިލް ހަމަލާތައް އިޒްރޭލުގެ އެތައް ތަނަކަށް އަމާޒުވިއެވެ. މިއިން ބައެއް ހަމަލަތައް އަމާޒު ވެފައި ވަނީ އިޒްރޭލުގެ ގޭސް އުފައްދާ މަރުކަޒަކަށެވެ. އެއީ އިޒްރޭލަށް 90 ޕަސެންޓް ގޭސް ސަޕްލައި ކުރާ މަރުކަޒެވެ. މިއީ ޝަހީދު ހަނިއްޔާގެ މަރުގެ ބަދަލު ހިފުމަށް ދިން ހަމަލައެއް ކަމަށް އީރާނުން ބުނެއެވެ. މި ހަމަލައާ ގުޅިގެން އިތުރަށް ކަމެއް ކޮށްފިނަމަ މިއަށް ވުރެން ވަރުގަދަ ވޭންދެނިވި ބަދަލެއް ހިފާނެކަމަށް ބުނެ އީރާނުން ވަނީ އިޒްރޭލަށް އިންޒާރުކޮށްފައެވެ. މިހަމަލާއަށްފަހު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ޔަހޫދީ ވަޒީރުން ވަނީ ބިންގަރާހަށް ވަދެ ފިލައިފައެވެ. އެމީހުން ހަނގުރާމައިގެ ސައްލާ ކުރަން ފަށައިފައިވަނީ އެތާ ތިބެގެންނެވެ. އެމެރިކާގެ ރައީސާއި ނާއިބް ރައީސް ދަނީ ވައިޓްހައުސްގައި ތިބެގެން އީރާނުގެ ހަމަލާތައް ޓީވީން ބަލަމުންނެވެ.

ގުޅުންހުރި ޚަބަރު