ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އީރާނުގެ ހަމަލާއެއްގައި އިސްރާއީލުގެ ތެޔޮކާރުޚާނާއެއްގައި ރޯވެއްޖެ
ދުނިޔެ

އީރާނުގެ ހަމަލާއެއްގައި އިސްރާއީލުގެ ތެޔޮކާރުޚާނާއެއްގައި ރޯވެއްޖެ

އއަހުމަދު މުހައްމަދު20 މާރިޗު 2026
އީރާނުން އިސްރާއީލުގެ ތެޔޮސާފުކުރާ އެންމެ ބޮޑު ކާރުޚާނާ ކަމަށްވާ ހައިފާގެ ބަޒާން ގްރޫޕްގެ ފެސިލިޓީއަށް މިސައިލް ހަމަލާއެއްދީ އެތަން ރޯކޮށްލައިފިއެވެ. ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އެހަމާލާގައި އެތަން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގުކޮށްފައެވެ. އެގައުމުން ބުނެފައިވަނީ އެހަމަލާގައި މާބޮޑު ގެއްލުމެއް ނުވާކަމަށެވެ. އެހެންނަމަވެސް އެސަރަހައްދުގެ ކަރަންޓަށް މައްސަލަތަކެއް ދިމާވި ކަމަށާއި މިހާރުވަނީ އެމައްސަލަ ރަނގަޅުކޮށް އަލުން ކަރަންޓުދޭން ފަށާފައި ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ. އީރާނުގެ މިސައިލު ހަމަލާގައި ރޯވިއަލިފާން ނިއްވައި އެތަނުން ނުރައްކާތެރި ކެމިކަލެއް ބޭރުވޭތޯ ބަލަންޖެހޭކަންކަން ބަލާފައިވާ ކަމަށް ވެސް އިސްރާއީލުން ބުންޏެވެ. ހައިފާގެ އިތުރުން އިސްރާއީލުގެ ބައެއް އެހެން ހިސާބުތަކުގައިވާ ކާރުޚާނާތަކަށް ވެސް އީރާނުންވަނީ މިސައިލް ހަމަލާދީފާއެވެ. މި ހަމަލާތަކަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މިއީ އީރާނުގެ ދެކުނުގައިވާ ޕާސް ގޭސް ފީލްޑަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދެމުންގެންދާ ހަމަލާތަކެކެވެ. މިހަމަލާގެ ރައްދުގައި ގަތަރަށާއި، ސަޢުދީއަށާއި، ބަހުރައިނަށް ވެސް ވަނީ ހަމަލާދީފައެވެ.  

ގުޅުންހުރި ޚަބަރު