ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އީރާނުގެ ނަތަންޒް ނިއުކުލިއަރ މަރުކަޒަށް އަނެއްކާވެސް ހަމަލާދީފި
ދުނިޔެ

އީރާނުގެ ނަތަންޒް ނިއުކުލިއަރ މަރުކަޒަށް އަނެއްކާވެސް ހަމަލާދީފި

ޟޟަމްރަތު އަހްމަދު22 މާރިޗު 2026
އީރާނުގެ ނިއުކްލިއަރ މައިމަރުކަޒަށް އިޒްރޭލުން ހަމަލާދީފިއެވެ. އެތަނަށް ހަމަލާ ދިނުމަށްފަހު އިޒްރޭލުން ބުނެފައިވަނީ މިއީ އީރާނުން ޑިއެގޯގާސިއާއަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އީރާނުގެ ނިއުކްލިއަރ މަރުކަޒަށް އެމެރިކާއާއި އިސްރާއީލުން ހަމަލާ ދީފި ކަމަށް އީރާނުން ކަށަވަރު ކޮށްދީފައެވެ. އީރާނުގެ ތަސްނީމް ނޫހުނުން ބުނެފައިވަނީ ހަމަލާދީފައިވަނީ އީރާނުގެ ނަތަންޒް ނިއުކުލިއަރ މަރުކަޒަށް ކަމަށެވެ. މިއަދު ހެނދުނު ދިން މިހަމަލާއާ ބެހޭގޮތުން އީރާނުން ބުނެފައިވަނީ މިއީ އެގައުމަށްދިން ޖިނާއީ ހަމަލާތަކެއް ކަމަށެވެ. މި މަރުކަޒަކީ އީރާނުގެ ދެކުނުން 220 ކިލޯމީޓަރު ދުރުގައި ހުންނަ މަރަކަޒެކެވެ. މި ހަމަލާއަށްފަހު އެމަރުކަޒުން ރޭޑިއޯއެކްޓިވް މެޓީރިއަލްސް ލީކުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ތަސްނީމް ނޫހުންވަނީ ބުނެފައެވެ. އީރާނުގެ މަސްއޫލުވެރީންނާ ހަވާލާދީ ތަސްނީ ނޫހުން ބުނެފައިވަނީ މިހަމަލާގައި އެއްވެސް ރޭޑިއޯއެކްޓިވް މެޓީރިއަލްއެއް ބޭރުވެފައި ނުވާކަމަށާއި، އެތަނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި ވެސް އިޒްރޭލުން ވަނީ ނަތަންޒް ނިއުކްލިއަރ މަރުކަޒަށް ހަމަލާދީފައެވެ. އީރާނުގެ ނިއުކްލިއަރ ސައިޓަށް ހަމަލާ ދިނުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭނުންތަކުގެ ތެރެއިން އެއްބޭނުމެވެ. ބޭނުމަކީ އީރާނުގެ ނިއުކްލިއަރ ހަތިޔާރު ނައްތާލުމެވެ. އަލްޖަޒީރާއިން ބުނެފައިވަނީ އީރާނުގައި މިހާރު 400 ކިލޯގެ ޔުރޭނިއަމް އެބަހުރި ކަމަށާއި އެ ޔުރޭނިއަމް އީރާނުން ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ކަމަށް އެމެރިކާފަދަ ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރެވެ. ނަތަންޒް ނިއުކްލިއަރ މަރުކަޒަށް އިތުރު ހަމާލަތަކެއް ދީފާނޭ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.  މިކަމާ ގުޅިގެން އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ)  އިން ބުނެފައި ވަނީ ނަތަންޒް ސައިޓަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާގެ މައުލޫމާތު އީރާނުން ދީފައިވާ ކަމަށެވެ. އިރާނަށް ދެމުން ގެންދާ ހަމަލާތަކުގައި ނިއުކްލިއަރ ހާދިސާއެއް ހިނގައިފާނޭ ކަމުގެ ބިރު އޮތުމުން އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ ވަނީ އަސްކަރީ ގޮތުން މަޑުމައިތިރި ވުމަށް ގޮވާލައްވާފައެވެ. ފެބުރުވަރީ 28 ވަނަ ދުވަހުވެސް އިޒްރޭލުން ވަނީ ނަތަންޒަށް ހަމަލާދީފައެވެ.

ގުޅުންހުރި ޚަބަރު