ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމެރިކާ ބޭނުންވަނީ ގައުތައް އަޅުވެތި ކުރަން: ލޫލާ
ދުނިޔެ

އެމެރިކާ ބޭނުންވަނީ ގައުތައް އަޅުވެތި ކުރަން: ލޫލާ

އއަހުމަދު މުހައްމަދު22 މާރިޗު 2026
އެމެރިކާއާއި ބައިވެރީން ބޭނުންވަނީ އިހެކޭ އެއްގޮތަށް ގައުމުތަކަށް ބާރުފޯރުވައި އަޅުވެތި ކުރަން ކަމަށް ބްރެޒިލްގެ ރައީސް އިނާސިއޯ ލޫލާ ޑަސިލްވާ ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ. ކޮލަމްބިއާގައި ބޭއްވި އެފްރީކާގެ ލީޑަރުން ބައިވެރިވާ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ މަގާމުން ދުރުކުރިގޮތާއި، އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވައިފައެވެ. މި ފޯރަމުގައި ވާހަކަ ދައްކަވަމުން ލޫލާ ވަނީ ސަރަހައްދީ ގައުމުތަކުގައި އެމެރިކާގެ ހިންގާ ހަރަކާތްތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެއްވެސް ގައުމަކީ އެހެން ގައުމެއްގެ މިލްކެއް ކަމަށް ހީކުރުމަކީ އެއްވެސް މީހަކަށް ނުވަތަ ގައުމަކަށް ކުރެވިގެންވާނޭ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމެރިކާއިން ކިއުބާއާއި، ވެނެޒުއޭލާއާ މެދު ކަންތައް ކުރިގޮތާމެދު އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. އެގޮތަށް ކަންތައް ކުރުމަކީ ޑިމޮކްރެޓިކް ހަމައެއްތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ. އެމެރިކާގެ މިއަމަލު ތަކަކާއި 2003 ވަނަ އަހަރު އިރާގު ހަނގުރާމަ އާއި އީރާނުގައި އެމެރިކާ އާއި އިޒްރޭލުން ހިންގި އަސްކަރީ ހަނގުރާމައާ ސީދާ އެއްގޮތް އަމަލުތަކެއް ކަމަށް ލޫލާ ވިދާޅުވިއެވެ. "އީރާނުން ނިއުކްލިއަރ ބޮމެއް ހަދަން އުޅޭ ކަމަށް ބުނެ މިހާރު އެއުޅެނީ އެގައުމަށް ހަމަލާދީގެން. ސައްދާމް ހުސައިންގެ ކެމިކަލް ހަތިޔާރުތަކާއި އެމީހުން ކޮބާ. އެތަނުން ފެނުނީ ކޯއްޗެއް،" އޭނާ ސުވާލު ކުރެއްވިއެވެ. ބްރެޒިލްގެ ލީޑަރު ވިދާޅުވީ އެމެރިކާ ފަދަ ގައުމުތަކުން  މީގެކުރިން އެފްރިކާގެ ގައުމުތަކުގެ މުއްސަނދިކަން ފޭރިގެންފައި ކަމަށެވެ. މިހާރު މަސައްކަތް ކުރަމުންދަނީ އެގައުމުތަކުގެ މިނަރަލްސްއައި އެހެނިހެން މުއްސަނދިކަން މިލްކުކުރަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ހުރިގާ އެއްޗެއް އަތުލައިގަތުމަށްފަހު އެމީހުން ބޭނުންވަނީ އަޅުވެތި ކުރުމަށް ކަމަށް ވެސް ލޫލާ ވިދާޅުވިއެވެ. މިކަން ކުރަން އެމީހުން ދިމާކުރަނީ ޒަމާނީ ދުނިޔޭގެ ބާރުތައް ބޭނުންކޮށްގެން "އާ ފޭރާމެއްގެ ދަށުން" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު