ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިންޖީނުގެތަކަށް ހަމަލާނުދޭތި އެމެރިކާގެ ހުރިހާ ތަނެއް ގޮއްވާލާނަން: އީރާން
ދުނިޔެ

އިންޖީނުގެތަކަށް ހަމަލާނުދޭތި އެމެރިކާގެ ހުރިހާ ތަނެއް ގޮއްވާލާނަން: އީރާން

ޟޟަމްރަތު އަހްމަދު22 މާރިޗު 2026
ހޮރުމުޒު ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އީރާނުގެ ތެލާއި ހަކަތައް އުފައްދާ އެއްވެސް ތަނަކަށް އެމެރިކާއިން ހަމަލާދީފިނަމަ ސަރަހައްދުގައިހުރި އެމެރިކާއަށް ނިސްބަތްވާ ހަކަތަ އުފައްދާ ހުރިހާ ތަނަކަށް ވަރުގަދަ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ އަސްކަރިއްޔާއިން މިއިންޒާރުދިނީ ހޮރުމުޒު ކަނޑުއޮޅި ހުޅުވަން 48 ގަޑިއިރުގެ މުހުލަތެއް ޓްރަމްޕް އީރާނަށްދީ އިންޒާރުކޮށްފައިވާތީއެވެ. ޓްރަމްޕްގެ އިންޒާރުގައި ބުނެފައިވަނީ އެމުއްދަތުގައި ކަނޑުއޮޅި ނުހުޅުވައިފި ކަމަށްވާނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް ވަކިވަކިން ހަމަލާދީ ސުންނާފަތިކޮށްލާނޭ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣްޗީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާއާއި އިޒްރޭލާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތައް  ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ހުޅުވާލެވިފައިވާ ސަރަހައްދެއް ކަމަށެވެ.  

ގުޅުންހުރި ޚަބަރު