ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފްރާންސްގެ ރާފާއެލް އިންޑިއާގައި އުފައްދަނީ
ދުނިޔެ

ފްރާންސްގެ ރާފާއެލް އިންޑިއާގައި އުފައްދަނީ

އއިބްރާހީމްް ސަމީރު2 އޮކްޓޯބަރު 2024
އިންޑިއާގައި ފްރާންސްގެ ރާފާއެލް މަތިންދާބޯޓު އުފެއްދުމަށް ޕެރިހުން އިންޑިއާއިން ހުށަހަޅައިފިއެވެ. ފްރާންސުން ބޭނުން ވަނީ އިންޑިއާއިން އެޤައުމުގެ ރާފައެލް މަތިންދާބޯޓު ގަންނާށެވެ. މިހާރުވެސް އިންޑިއާއިން 36 ރާފައެލް އަސްކަރީ މަތިންދާބޯޓު ބޭނުން ކުރެއެވެ. އަދި އިތުރު 26 ބޯޓު ގަންނާނެ ކަމަށް ބެލެވެއެވެ. އިންޑިއާއިން މިހާރު ގަންނަން ބޭނުންވާ މަތިންދާބޯޓުތައް ފްރާންސުން ގަނެފިނަމަ އިންޑިއާ ވެގެން ދާނީ 2040 އާ ހަމައަށް ދުނިޔޭގައި އެންމެ ގިނައިން ރާފާއެލް މަތިންދާބޯޓު ގެންގުޅޭ ޤައުމަށެވެ. އިންޑިއާއިން ވަނީ 114 އަސްކަރީ މަތިންދާބޯޓު ގަންނަން ބޭނުންވާ ކަމަށް އިއުލާން ކޮށްފައެވެ. ފްރާންސުން 186 ރާފާއެލް މަތިން ދާބޯޓު ބޭނުން ކުރާއިރު އިންޑިއާގެ ބޭނުންމަށް ގަންނަ ބޯޓުތައް ފްރާންސުން ގަނެފިނަމަ އިންޑިއާގައި ރާފާއެލް 200އަށް އިތުރުވެ އިންޑިއާ އަކީ ފްރާންސަށް ވުރެން ގިނައިން ރާފާއެލް ބޭނުން ކުރާ ޤައުމަކަށް ވެގެން ހިނގައި ދާނެއެވެ.

ގުޅުންހުރި ޚަބަރު