ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ނުދެން ޓްރަމްޕް ނިންމައިފި
ދުނިޔެ

އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ނުދެން ޓްރަމްޕް ނިންމައިފި

އއަޙްމަދު ސަޢީދުު24 މާރިޗު 2026
ދުނިޔޭގައި ބޮޑެތި ގަދަބަސްތައް ބުނަމުން އައި ޑޮނަލްޑް ޓްރަމްޕުގެ ހަގީގީ ސައިޒު މިއަދު އިރާނުން މިވަނީ މުޅި ދުނިޔެއަށް ދައްކުވާލާފައެވެ. އިރާނުން ދިން ވަރުގަދަ އަދި ސީދާ އިންޒާރުތަކާއެކު، ޓްރަމްޕް މިވަނީ މުޅިން ފަހަތަށް ޖެހިފައެވެ. އިރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ ދެއްކި ބިރުވެރި ވާހަކަތައް ހުއްޓާލައި، އެފަދަ ހަމަލާއެއް ނުދިނުމަށް އޭނާ މިވަނީ ނިންމާފައެވެ. މިއީ އިރާނުގެ ވަރުގަދަ އަސްކަރީ ގާބިލުކަމާއި ސާބިތުކަމުގެ ކުރިމަތީގައި ޓްރަމްޕް ބިރުގަނެ، އޭނާގެ "ގަދަކަން" ފެނަށްވީ ކަމުގެ ހެއްކެކެވެ. ގަދަބަސް ބުނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ހަގީގީ މައިދާނުގައި އިރާނުން މިވަނީ ޓްރަމްޕަކީ ހަމައެކަނި "އަނގަގަދަ" ބޭފުޅެއްކަން ސާބިތުކޮށްދީފައެވެ.  

ގުޅުންހުރި ޚަބަރު