ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އީރާނުގެ އިންޖީނުގެތަކަށް ހަމަލާދިނުން އެޕްރީލް ހައަކަށް ކަސްކޮށްފި
ދުނިޔެ

އީރާނުގެ އިންޖީނުގެތަކަށް ހަމަލާދިނުން އެޕްރީލް ހައަކަށް ކަސްކޮށްފި

ޟޟަމްރަތު އަހްމަދު27 މާރިޗު 2026
އީރާނުގެ އިންޖީނުގެތަކަށް ހަމާލާ ދިނުން ފަސްކޮށްފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ބުނެފިއެވެ. 48 ގަޑިއިރުތެރޭގައި ހޮރުމުޒު ކަނޑުއޮޅި ނުހުޅުވައިފި ކަމަށްވާނަމަ އީރާނުގެ ހުރިހާ އިންޖީނުގެތައް ސުންނާނާފަތި ކޮށްލާނޭ ކަމަށް ބުނެ ޓްރަމްޕް ފުރަތަމަ ދިން އިންޒާރުގެ މުއްދަތު ހަމަވުމުން އެކަން ފަސް ދުވަހަށް ލަސްކުރިއެވެ. އަނެއްކާ މިހާރު މިވަނީ އަންނަމަހުގެ 6 އަށް އެކަން ލަސްކޮށްފައެވެ. ޓްރަމްޕު ދިން އައު މުހުލަތު ހަމަވާނީ އޭޕްރިލް 6 ވާ  ހޯމަ ދުވަހުގެ ރޭގަނޑު 8:00 އާ ހަމައަށެވެ. މިކަން މިގޮތަށް ކުރަނީ އީރާނުގެ އެދުމުގެ މަތީން ކަމަށްބުނެ ޓްރަމްޕްވަނީ ދޮގުހަދައިފައެވެ. ޓްރަމްޕު ބުނެފައިވަނީ ހަމަލާދިނުން ލަސްކުރީ އީރާނާއެކު ސުލްހައިގެ ވާހަކަތަކެއް ދެކެވެމުންދާތީ އެއިން ރަނގަޅު ނަތީޖާއެއް ނެރެވިދާނޭ ކަމަށް އުންމީދު ކުރެވޭތީ ކަމަށެވެ. އެހެންނަމަވެސް މިފަދަ މަޝްވަރާތަކެއް އެމެރިކާއާއެކު ނުކުރާ ކަމަށް އީރާނުންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ޓްރަމްޕް ބުނީ އީރާނުން އެކަމަށް އެއްބަސްނުވަނީ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ މަސްއޫލުވެރިން އަވާހާރަކޮށްލާނޭ ކަމުގެ ބިރު އީރާނަށް އޮތުމުން ކަމަށެވެ. ޓްރަމްޕާއި އޭނާގެ އަސްކަރީ މުޝީރުން ގެންދަނީ އީރާން މިހާރުވާނީ  "ފުނޑުފުނޑުކޮށްލައިފައި" ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް އީރާނުގެ އަސްކަރީ ގާބީލްކަމަށް އެއްވެސް ބަދަލެއް އައިހެނެއް ނުވާކަމަށް މަސްރަހު ދިރާސާ ކުރާ މީހުންދަނީ ބުނަމުންނެވެ. އޭގެ ބަދަލުގައި އީރާނު ފެންނަވަނީ ހަމަލާތައް ވަރުގަދަކޮށް ކުރިއަށް ޖެހެމުންދާތަން ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. އަދި މި ހނަގުރާމާ އެމެރިކާއަށް ކާމިޔާބު ނުވާނޭ ކަމަށް ވެސް ބައެއް ޕްރޮފެސަރުން ވެސް ދަނީ ބުނަމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ބޭހޭގޮތުން ޓްރަމްޕް ގެންދަނީ އެކިދުވަހު އެކިގޮތަށް ވާހަކަ ދައްކަމުންނެވެ.  

ގުޅުންހުރި ޚަބަރު