ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އީރާނުގެ ފޯޓީތަކާއި ވީޑިއޯ ދުޝްމަނުންނަށް ފޮނުވާ މީހުންނަށް މަރުގެ އަދަބުދެނީ
ދުނިޔެ

އީރާނުގެ ފޯޓީތަކާއި ވީޑިއޯ ދުޝްމަނުންނަށް ފޮނުވާ މީހުންނަށް މަރުގެ އަދަބުދެނީ

ޟޟަމްރަތު އަހްމަދު31 މާރިޗު 2026
މިހާރު މެދުއިރުމަތީގައި ހިނަގަމުންދާ ހަނގުރާމައިގައި އީރާނަށް ލިބޭ ގެއްލުންތަކުގެ ފޮޓޯއާއީ ވީޑިއޯއާ އަދި އެއްވެސްކަހަލަ މައުލޫމާތެއް އިޒްރޭލާއި އެމެރިކާއަށްދޭ ފަރާތްތަކާމެދު ހަރުކަށިފިޔަވަޅު އަޅާނޭ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާން އަސްގަރު ޖަހަންގީރު ވިދާޅުވީ އެފަދަކަމެއް ކޮށްފި ކަމަށްވާނަމަ އެކަންކުރި މީހެއްގެ މުދާ އަތުލުމަށްފަހު މަރުގެ އަދަބު ދެވިދާނޭ ކަމަށެވެ. މިދިޔައަހަރު އޮކްޓޯބަރުމަހު އީރާނުންވަނީ ޖާސޫސު ކުރުމާ  ބެހޭ ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން "ދުޝްމަނުންގެ ސަރުކާރުތަކަށް" ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފޮނުވުމަކީ ހުރިހާ މުދަލެއް އަތުލައިގަނެ މަރުގެ އަދަބު ދެވިދާނޭ ކަމެއްކަމަށް ޖަހަންގީރު ވިދާޅުވެފައިވެއެވެ. އެހެންކަމުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގެ ފޮޓޯއާއި ވީޑިއޯ ދުޝްމަނުންނަށް ނުފޮނުވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ. އެމެރިކާ އާއި އިޒްރޭލަށް މައުލޫމާތު ފޮނުވި ކަމުގެ ތުހުމަތުގައި އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރުކޮށް، މަރުގެ އަދަބުދީފައެވެ. އެއީ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވި ދެމީހުން ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު