ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އީރާނުގެ ދިފާއީ ސިނާއަތުގެ މައިމަރުކަޒު އިސްފަހާނަށް ހަމަލާދީފީ
ދުނިޔެ

އީރާނުގެ ދިފާއީ ސިނާއަތުގެ މައިމަރުކަޒު އިސްފަހާނަށް ހަމަލާދީފީ

ޟޟަމްރަތު އަހްމަދު31 މާރިޗު 2026
އީރާނުގެ ދިފާއީ ސިނާއަތުގެ މައި މަރުކަޒު  ކަމަށްވާ އިސްފަހާނަށް އެމެރިކާ-އިޒްރޭލުން ވަރުގަދައަށް ބޮން އަޅައިފިއެވެ. އިސްފަހާން ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީހުން ބުނެފައިވަނީ އިސްފަހާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށެވެ. އެހެންނަމަވެސް ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮންތަންތަނަކަށް ކަމެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ. އީރާނުގެ މަސްއޫލުވެރީންނާ ހަވާލާދީ ފަރސް ނޫހުން ބުނެފައިވަނީ ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީ އެއްކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އިސްފަހާން ޕްރޮވިންސަކީ އީރާނުގެ ދިފާއީ ނިޒާމުގެ ވަރަށްމުހިންމު ޕްރޮވިންސެކެވެ. އީރާނުގެ މުހިންމު އަސްކަރީ އެތައް މަރުކަޒެއް އެ ޕްރޮވިންސްގައި ހުރެއެވެ. އޭގެ ތެރޭގައި ބަދުރު އެއަރބޭސް، 8 ވަނަ ޝެކަރީ އެއަރބޭސް އަދި 4 ވަނަ އެއަރފޯސް ބޭސް ހިމެނެއެވެ.    

ގުޅުންހުރި ޚަބަރު