ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިޒުރޭލުގެ މަރުގެ އަދަބުގެ ޤާނޫނު: ލާއިންސާނީ ޖަރީމާއަށް އާ ބޮޅެއް
ދުނިޔެ

އިޒުރޭލުގެ މަރުގެ އަދަބުގެ ޤާނޫނު: ލާއިންސާނީ ޖަރީމާއަށް އާ ބޮޅެއް

ޢޢަބްދުﷲ ސަޢީދު1 އޭޕްރީލް 2026
އަނިޔާވެރި އިޒުރޭލުގެ އިސްތިޢުމާރީ ބާރުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، "ޓެރަރިސްޓުންނަށް" މަރުގެ އަދަބު ދިނުމުގެ ނަމުގައި ފާސްކުރި ޤާނޫނަކީ ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާއަށް އިތުރުކުރި އާ ބޮޅެކެވެ. 2026 މާރިޗު 30 ވަނަ ދުވަހު ފާސްކުރި މި ޤާނޫނަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު އިޒުރޭލަކީ އެމެރިކާއާއި ޒަޔަނިސްޓުންގެ ތާއީދާއި މަދަދާއި ރުހުން ލިބިގެން ބައިނަލް އަޤުވާމީ ޤާނޫނުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް ޢަމަލުކުރަމުންދާ އަނިޔާވެރި ދައުލަތަކަށް ވާތީ މިކަމުގައި ވެސް ބައިނަލް އަޤުވާމީ ދުނިޔެ ދެކޭގޮތެއް އެ މީހުންނަކަށް މުހިންމެއް ނޫނެވެ. އިޒުރޭލުން ފާސްކުރި މި ޤާނޫނަކީ ހަމައެކަނި އަދަބު ދިނުމުގެ ވަސީލަތެއް ނޫނެވެ. މިއީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޢަޒުމް ބަލިކޮށްލުމަށްޓަކައި އެޅި ނުބައި ފިޔަވަޅެކެވެ. ޤާނޫނުގެ ބޭނުމާއި މަގުސަދު މި ޤާނޫނުގެ މައިގަނޑު މަގުސަދެއް ކަމަށް އިޒުރޭލުން ބުނަނީ، އެމީހުންގެ ދައުލަތުގެ ސަލާމަތަށް ނުރައްކާވާ ފަދަ ޢަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމެވެ. ނަމަވެސް، މީގެ އަސްލު ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމާއި، އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅާ ކޮންމެ މީހަކީ "ޓެރަރިސްޓެއް" ކަމަށް ކަނޑައަޅައި، ޤާނޫނެއް ދައްކައިގެން މުސްލިމުންގެ ލޭއޮހިރުމެވެ. މިއީ މިހާރު ވެސް ކުރާ ކަމެކެވެ. އެއްވެސް ކުށެއްނެތް ފަލަސްޠީނުގެ ރައްޔިތުން ޖަލުތަކުގައި ހައްޔަރުކޮށްގެން ބޮޑެތި އަނިޔާތައްދީ، މަރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މީގެ ތެރޭގައި ކާންބޯން ނުދީ، އަދި ބޭސްފަރުވާކޮށް ނުދީ ޖަލުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެން ހަށިގަނޑު އަނަރޫފަވެ ބަލިކަށިވެ މަރުވެދާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީންވެސް ހިމެނެއެވެ. މިއީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ނަސްލު ނައްތާލުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޖަރީމާތަކެވެ. ޤާނޫނު ފާސްކޮށް އުފާ ފާޅުކުރުން: މި ލާއިންސާނީ ޤާނޫނު އިޒުރޭލުގެ ބަރުލަމާނުން ފާސްކުރުމާ އެކު، އެ ޤައުމުގެ ހަރުކަށި ފިކުރުގެ ސިޔާސީ ވެރިންނާއި އިސްތިޢުމާރީ ވަޒަންވެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މިކަމުން ދޭހަވަނީ އެމީހުންގެ ހިތްތަކުގައި އިންސާނިއްޔަތުކަމެއް ނެތް މިންވަރެވެ. އަދި ފަލަސްޠީނުގެ މުސްލިމުންގެ ލޭ އޮހޮރުވުމަކީ އެމީހުން ފަޚުރުވެރިވާ ކަމެއްކަމެވެ. ޤާނޫނަށްފަހު އަންނާނެ ބަދަލުތައް: މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފަލަސްޠީނުގެ މަޝްރަޙަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެންމެ ފުރަތަމަ ކަމަކަށް، އިޒުރޭލުގެ އަސްކަރިއްޔާއާއި ފުލުހުންނަށް ފަލަސްޠީނުގެ ރައްޔިތުންނާ މެދު ބޭނުންހާ ގޮތަކަށް ޢަމަލުކުރުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ. ކުށެއް ނެތް އެތައް ބަޔަކު "ޓެރަރިސްޓުން" ގެ ގޮތުގައި މަރަށް ހުށަހެޅިގެންދާނެއެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ކަރާމާތަށް ކުރި މި ބޮޑު ފުރައްސާރައިގެ ސަބަބުން ސަރަޙައްދީ ހަމަޖެހުން އިތުރަށް ގެއްލި، އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ. މިއީ ސުލްޙައިގެ މަގަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.  

ގުޅުންހުރި ޚަބަރު