ދިވެހި|English 9 ޖުލައި 2026 · 04:04
Top banner
Advertisement
ޖީމެއިލް އެޑްރެސް ބަދަލުކުރެވޭ އާ ފީޗާއެއް ގޫގުލް އިން ތައާރަފުކޮށްފި
ދުނިޔެ

ޖީމެއިލް އެޑްރެސް ބަދަލުކުރެވޭ އާ ފީޗާއެއް ގޫގުލް އިން ތައާރަފުކޮށްފި

އއިބްރާހީމްް ސަމީރު1 އޭޕްރީލް 2026
ގޫގުލްގެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އައު އެކައުންޓެއް ހުޅުވަން ނުޖެހި، މިހާރު ބޭނުންކުރަމުންދާ ޖީމެއިލް އެޑްރެސް ބަދަލުކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މިއީ ގޫގުލް ބޭނުންކުރާ ގިނަ ބަޔަކު އެދެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބަދަލެކެވެ. މިކަމާ ގުޅޭގޮތުން ގޫގުލްގެ ސީ.އީ.އޯ ސުންދަރު ޕިޗާއި އެކްސް މެދުވެރިކޮށް ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ އީމެއިލް އެޑްރެސްތަކުގައި މީހުން ހިފެހެއްޓިފައި ތިބެން މިހާރު ނުޖެހޭނެ ކަމަށެވެ. "2004 ވަނަ އަހަރަކީ ރަނގަޅު އަހަރެއް، ނަމަވެސް ތިޔަބޭފުޅުންގެ ޖީމެއިލް އެޑްރެސް އެ އަހަރުގައި ތާށިވެފައި އޮންނާކަށް ނުޖެހޭ،" ޕިޗާއި ވިދާޅުވިއެވެ. މި އައު ބަދަލާއެކު، ޔޫޒަރުންނަށް އެމީހުންގެ މިހާރުގެ އެކައުންޓްގައި ހުރި ޑޭޓާ، ފައިލްތައް އަދި ސަބްސްކްރިޕްޝަންތަކަށް އެއްވެސް ބަދަލެއް ނައިސް، މާ ރަނގަޅު ނުވަތަ ޕްރޮފެޝަނަލް އީމެއިލް އެޑްރެހަކަށް ބަދަލުކޮށްލެވޭނެއެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގޫގުލް އިން ޓެސްޓް ކުރަމުން އައި ފީޗާއެކެވެ. މި ބަދަލު ގެނައުމަށްޓަކައި ޖީމެއިލްގެ ސެޓިންގްސް އަށް ގޮސް، އަމިއްލައަށް ބޭނުންވާ އަދި ލިބެން ހުރި އައު އެޑްރެހެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ގޫގުލް އިން ހާމަކުރި ގޮތުގައި، މި ބަދަލުގެ ސަބަބުން ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ގުޅުންހުރި ޚަބަރު