ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ގޯވިންދާ އަމިއްލަ ފަޔަށް ބަޑި ޖެހީ ކިއްވެ؟
ދުނިޔެ

ގޯވިންދާ އަމިއްލަ ފަޔަށް ބަޑި ޖެހީ ކިއްވެ؟

އއިބްރާހީމްް ސަމީރު3 އޮކްޓޯބަރު 2024
ގޯވިންދާ މިވަނީ އަމިއްލަ ފިސްތޯލައިން އަމިއްލަ ފަޔަށް ބަޑި ޖަހާފައެވެ. މިހާދިސާއަށްފަހު  އޭނާ ވަނީ މުމްބާއިގެ ކްރިޓީ ކެއަރ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. ގޯވިންދާގެ ދަރިފުޅު ޓީނާ އަހޫޖާ މީޑިއާއަށް މައުލޫމާތު ދިން ގޮތުން އޭނާގެ ބައްޕަގެ ހާލު ރަނގަޅެވެ. އައިސީޔޫގައި ބޭއްވުމަށްފަހު އޭނާ މިހާރު ވަނީ ކޮޓަރިއަކަށް ބަދަލުކޮށްފައި ކަމަށް އަހޫޖާ ބުންޏެވެ. ގޯވިންދާ އަމިއްލަ ފަޔަށް ބަޑިޖަހާފައި ވަނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެއެވެ. އޭނާ ވަނީ ފަތިހު 4.30 ހާއިރު އޭނާ ގެންގުޅޭ ފިސްތޯލަ އަލަމާރިން ނަގައިގެން ސާފު ކުރުމުގެ ތެރޭގައި ފަޔަށް ބަޑިޖަހާފައެވެ. ފިސްތޯލަ ގެންގުޅުމުގެ ލައިސަންސް އޭނާގެ އަތުގައި އޮވެއެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި ދެ ދުވަހެއްފަހުން އޭނާ ހަސްފަތާލުން  ދޫކޮށްލާނެވެ. ކުރިން މައުލޫމާތު ލިބިފައިވަނީ މިއީ އިންސިޑެންޓެއް ކަމަށެވެ. އޭނާ އަމިއްލަ ފަޔަށް ބަޑިޖެހިޔަސް ޖެހި ސަބަބެއް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު