ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިޒްރޭލު ސިފައިންގެ ވިހި މީހުން ނައްތާލައިފި
ދުނިޔެ

އިޒްރޭލު ސިފައިންގެ ވިހި މީހުން ނައްތާލައިފި

އއިބްރާހީމްް ސަމީރު3 އޮކްޓޯބަރު 2024
ޒަޔަނިސްޓުން ދެކުނު ލުބުނާނަށް ދެމުންދާ ހަމަލާގައި ޙިޒުބުﷲއިން ވަނީ ޒަޔަނިސްޓު ސިފައިންގެ 20 މީހުން ނައްތާލައިފައެވެ. ނަމަވެސް އިޒްރޭލު ސިފައިން ބުނެފައި ވަނީ މަރުވެފައި ވަނީ ސިފައިންގެ 8 އޮފިސަރުން ކަމަށެވެ. ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ހަމަލާގައި 55 މީހުން މަރުވެ 158 މީހަކު ޒަޚަމްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އީރާނުން އަޑަށް ވުރެން ބާރަށް ދަތުރުކުރާ އަލްފައްތާޙު މިސައިލް ބޭނުންކޮށްގެން ޒަޔަނިސްޓުންނަށް ހަމަލަ ދިން ފަހުން އިޒްރޭލުން ބުނެފައި ވަނީ ބަދަލު ހިފާނެ ކަމަށެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ އެފަދަ ކަމެއް ކޮށްފިނަމަ މިހާރު ދިން ވަރަށްވުރެން ވަރުގަދަ ހަމަލައެއް ދޭން ތައްޔާރަށް އޮތް ކަމަށެވެ. އަލްފައްތާޙު މިސައިލް އޭގެ ދަތުރު ކަޑައްތު ކުރީ އެންމެ 6 މިނެޓްގެ ތެރޭގައެވެ. މިއީ މެދުއިރުމަތީގެ ކޮންމެ ހިސާބަކަށްވެސް ޙަމަލަ ދެވޭ ވަރުގެ ބެލެސްޓިކް މިސައިލެކެވެ. އީރާނުން ބުނެފައި ވަނީ އެގައުމަށް ނުރައްކަ ކޮށްފި ހާލަތެއްގައި ފާރިސީ ކަނޑު އޮޅިން ތެޔޮ ބޯޓުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ބަންދުކޮށްލާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު