ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޖޯޑަންގެ އަބްދުﷲ ދެކެ ރައްޔިތުން ނުރުހުން ފާޅުކޮށްފި
ދުނިޔެ

ޖޯޑަންގެ އަބްދުﷲ ދެކެ ރައްޔިތުން ނުރުހުން ފާޅުކޮށްފި

އއިބްރާހީމްް ސަމީރު3 އޮކްޓޯބަރު 2024
ޖޯޑަން ހުރަސްކޮށް އިޒްރޭލަށް ދިޔަ މިސައިލްތަކުން ބައެއް ޖޯޑަންއިން ވައްޓާލުމުން ރައްޔިތުން ވަނީ އަބްދުﷲގެ ރަސްކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. އާންމުން ބުނެފައި ވަނީ އެމީހުންނާ ގުޅުމެއް ނެތް ހަނގުރާމައެއްގައި އެމީހުންގެ ޤައުމުން ދިފާއީ ވަސީލަތައް ފަނާކޮށްގެން އިޒްރޭލަށް ވާގިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޖޯޑަން ވައްޓާލި ބައެއް މިސައިލްތައް ފުނޑުފުނޑުވެގެން ވެއްޓިފައި ވަނީ ޖޯޑަންގެ އަވަށްތަކުގެ ގެތަކަށެވެ. މީޑިއާއިން ވަނީ މިސައިލްގެ ބައިތަކުން ޖެހި ބައެއް މީހުން މަރުވިކަމަށްވެސް ރިޕޯޓްކޮށްފައެވެ. އާންމުން ބުނެފައި ވަނީ އެމީހުންނާ ނުބެހޭ ހަނގުރާމައެއްގައި ޒަޔަނިސްޓުން ދިފާއު ކުރުމަށް ޤައުމުގެ ވަސީލަތްތައް ބޭނުން ކުރުމުން ޤައުމުގެ އިގްތިސާދަށްވެސް އަސަރު ކުރާ ކަމަށެވެ.

ގުޅުންހުރި ޚަބަރު