ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އީރާނުން ދެކޮޅު ހަދައިފި
ދުނިޔެ

ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އީރާނުން ދެކޮޅު ހަދައިފި

އއަހުމަދު މުހައްމަދު6 އޭޕްރީލް 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރާ ގައުމުތަކުން އައު ޕްލޭނެއް ޑްރާފްޓްކޮށް އީރާނަށާއި އެމެރިކާއަށް ފޮނުވައިފިއެވެ. އޭގައި ބުނެފައިވަނީ 45 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި ދުނިޔެއަށް ކުރިމަތިވެފައިވާ ތެޔޮލިބުމުގެ ދަތިތަކުން ސަލާމަތް ކުރުމަށް ވެސް އޭގާއި ވަނީ ބުނެފައެވެ. މި ޕްލޭން އީރާނަށް ބާރުއަޅުއްވާފައިވަނީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށެވެ. އެމެރިކާއަށް ބާރުއަޅާފައިވަނީ އެއާއެކު އެމެރިކާއިން އީރާނުގެ ހަކަތަ އުފައްދާ ޕްލާންޓްތަކަށާއި އެނޫންވެސް އިންފްރާސްޓްރަކްޗާ އަށް ދޭ ހަމަލާތައް ދިނުން ހުއްޓުވުމަށެވެ. އެހެންނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ އެ ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ސޮއި ކޮށްފައި ނުވާކަމަށެވެ. "މިއީ ވަރަށް ގިނަ ވިސްނުމުގެ ތެރެއިން އެއް ވިސްނުމެއް،" އޮފިޝަލް ވިދާޅުވި އެވެ. އީރާނާއި އެމެރިކާއާ ދެމެދު މެދުވެރީންގެ ދައުރު އަދާކުރަމުންދާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި މިސްރާއި،ތުރުކީ ހިމެނެއެވެ. އެހެންނަމަވެސް ނުސީދާގޮތަކަށް މިހާރުވަނީ މަޝްވަރާތައް މެދުކެނޑިފައެވެ. އެހެންކަމުން މިކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ކުރި މަސައްކަތް ވެސް މިވަނީ ނިމުމަކަށް އައިސްފަ އެވެ. އެންމެ ފަހުން ހުށަހެޅި ހުށަހެޅުން ފޮނުއްވީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފްއަށެވެ. މި ޕްލޭން ހުށަހެޅި ފަރާތްތަކުން ބުނެފައިވަނީ 45 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވިއްޖެ ކަމަށްވާނަމަ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިދާނޭ ކަމަށެވެ. އެހެން ނަމަވެސް އީރާނުން ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދައިފައެވެ. އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު ދުޝްމަނުންނަށް ދޭނޭ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ. އީރާނުގެ ބަސްނަގު މިގޮތަށް ހުއްޓަސް މެދުވެރީން އުންމީދު ކުރަނީ ޓްރަމްޕްގެ ސުންގަޑި (އަންގާރަ ދުވަހުގެ ރޭ 8:00 ގެ ކުރިން) (ރާއްޖޭގޭ ގަޑިން މިރޭފަތިހު 5:00)  މި ޕްލޭން ތަންފީޒު ކުރެވޭނެ ކަމަށެވެ.  

ގުޅުންހުރި ޚަބަރު