ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޙިޒުބުﷲގެ ލީޑަރުގެ މަގްބޫލުކަން ވަނީ އިތުރުވެފައި: ނިއުޔޯކް ޓައިމްސް
ދުނިޔެ

ޙިޒުބުﷲގެ ލީޑަރުގެ މަގްބޫލުކަން ވަނީ އިތުރުވެފައި: ނިއުޔޯކް ޓައިމްސް

އއިބްރާހީމްް ސަމީރު3 އޮކްޓޯބަރު 2024
މެދު އިރުމަތީގެ ޤައުމުތަކުގައި އާންމުންގެ މެދުގައި ޙިޒުބުﷲގެ ލީޑަރު ޙުއްޖަތުލް އިސްލާމް ޙަސަން ނަޞްރަﷲ ގެ މަޤްބޫލުކަން އިތުރު ވެފައިވާ ކަމަށް ނިއުޔޯކްޓައިމްސްއިން ބުނެއެވެ. އެނޫހުން ބުނެފައި ވަނީ އޭނާ ޝަހީދު ވުމަށްފަހު ސުންނީ މުސްލިމުންނާއި ޝީޢީންގެ މެދުގައި އޭނާގެ މަޤްބޫލުކަން އިތުރު ވެފައިވާ ކަމަށެވެ. ފިލްޓާ ލެބްސް ކިޔާ ޖަމާޢަތަކުން މިސްމީޑިއާ ގެ ޕޯސްޓްތައް ތަޙުލީލުކޮށް ނިއުޔޯކް ޓައިމްސްއަށް ހަދައި ދިން ރިޕޯޓްގައި ބުނެފައި ވަނީ މީހުން ޙަސަން ނަޞްރަﷲއާ ގަޔާވާ ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށާއި ޒަޔަނިސްޓުންނާ ދެކޮޅަށް ހަރަކާތްތެރިވުމަށް އޭނާ ކުރެއްވި މަސައްކަތް މީހުން ބަލައިގެންފައިވާ ކަމަށެވެ. ނަޞްރަﷲ ވަނީ 80ގެ އަހަރުތަކުން ފެށިގެން ޙިޒުބުﷲ ލީޑް ކުރައްވާފައެވެ. އަދި އޭނާ އަކީ އެޖަމާޢަތުގެ 3 ވަނަ ސެކްރެޓަރީ ޖެނަރަލްއެވެ.

ގުޅުންހުރި ޚަބަރު