ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އަލުން ހޮރުމުޒުކަނޑުއޮޅި ބަންދު ކުރަންޖެހިދާނެ: އިރާން
ދުނިޔެ

އަލުން ހޮރުމުޒުކަނޑުއޮޅި ބަންދު ކުރަންޖެހިދާނެ: އިރާން

އއަހުމަދު މުހައްމަދު9 އޭޕްރީލް 2026
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވަމުންދާ ކަމަށް ބުނެ އަލުން ހޮރުމުޒު ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ. ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި އިއްޒްރޭލުން ލުބުނާނަށާއި ފަލަސްތީނަށް ހަމަލާ ދީގެން ނުވާވާނޭ ކަމަށް އީރާނުންވަނީ ބުނެފައެވެ. އެހެންނަމަވެސް އެއާ ޚިލާފުވެ އިޒްރޭލުން ގެންދަނީ ލުބުނާނަށް ހަމަލާ ދެމުން ކަމަށް އީރާނުން ބުނެއެވެ. އީރާނުން މިހެން ބުނެފައިވިޔަސް އީޒްރޭލުން ބަނަނީ ހަނގުރާމަ ހުއްޓާލުމާއި ލުބުނާނަނަށް ހަމަލާދިނުމާ ގުޅުމެއްނެތް ކަމަށެވެ. ޔަހޫދީ ގައުމުން ލުބުނާނަށް ހަމަލާ ދެމުން ގެންދަނީ މިއީ ހުއްޖަތެއް ކަމަށް ބަލައިގެންނެވެ. މީގެ ސަބަބުން އީރާން ވަނީ ވަރަށްބޮޑަށް ނުރުހިފައެވެ. އެހެންކަމުން ލުބުނާނުގެ ސަލާމަތަށްޓަކައި ވެސް ހޮރުމުޒު ކަނޑުއޮޅި އަލުން ބަންދު ކުރަންޖެހިދާނޭ ކަމަށް އީރާނުން ވަނީ އިޒްރުދީފައެވެ. މީގެ ކުރިން އެތައް ފަހަރަކު އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އީރާނާ ވާހަކަ ދައްކަން މަސައްކަތް ކޮށްފައެވެ. އެހެންމަވެސް އީރާނުން ވަނީ އެމެރިކާއަށް އިތުބާރު ނުކުރެވޭ ކަމަށްބުނެ ވާހަކަތައް ދެއްކުން ދިގު ދަންމާލާފައެވެ. އިޒްރޭލުން މިހާރު އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާއި، އީރާނުގެ އަމަލުތައް ނުހުއްޓާ ކަމަށްވާނަމަ ހޮރުމުޒު ކަނޑުއޮޅި އަލުން ބަންދުކޮށް އިޒްރޭލާ ދެކޮޅަށް އަލުން ހަމަލާ ދިނުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ގެންދަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ގޮވާލަމުންނެވެ. މިކަން މިހެން ކޮށްފިކަމަށްވާނަމަ ދުނިޔޭގެ އިގްތިސާދަށް އަނެއްކާވެސް ދަތި ދުވަސްތަކެއް ކުރިމަތިވާނެއެވެ.

ގުޅުންހުރި ޚަބަރު