ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އިޒްރޭލަށް ފާޑު ވިދާޅުވެ ޢާސިފް ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފި
ދުނިޔެ

އިޒްރޭލަށް ފާޑު ވިދާޅުވެ ޢާސިފް ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފި

ޟޟަމްރަތު އަހްމަދު10 އޭޕްރީލް 2026
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ސޯޝަލް މީޑިއާގައި އިޒްރޭލަށް ފާޑު ވިދާޅުވެ ކުރެއްވި ޕޯސްޓެއް ފަހުން ޑިލީޓު ކުރައްވައިފިއެވެ. އެ ޕޯސްޓުގެ ވިދާޅުވެފައިވަނީ އޒްރޭލަކީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ބޭރުގެ މަސްދަރުތައް ބުނާގޮތުގައި އެ ޕޯސްޓް ޑިލީޓުކުރީ އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރުގެ މި ވާހަކަފުޅަށް ފާޑުކިޔަން ފެށުމުންނެވެ. އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރުގެ އެ ވާހަކަފުޅަކީ އެއްވެސް ސަރުކާރަކުން ބަލައިގަންނާނޭ ބަޔާނެއް ނޫން ކަމަށެވެ. މިނިސްޓަރ އާސިފް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އިޒްރޭލުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ކުށެއް ނެތް މީހުން މަރަމުން ގެންދާ ކަމަށެވެ. ފުރަތަމަ ޣައްޒާ ހަލާކުކޮށް އީރާނު ހަލާކުރުމަށްފަހު މިހާރު ސުންނާފަތި ކުރަމުންދަނީ ލުބުނާން ކަމަށް އާސިފް ވިދާޅުވެފައިވެއެވެ. "ފުރަތަމަ ޣައްޒާ، ދެން އީރާން އަދި މިހާރު ލުބްނާންގައި ލޭއޮހޮރުވުން ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ،" އާސިފް ވިދާޅުވި އެވެ. މިވާހަކަތަކަށް ޔަހޫދީ ދައުލަތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އާސިފް މި ޕޯސްޓަކީ އީރާނާއި އެމެރިކާއިން ސުލްހައިގެ ވާހަކަތައް މިއަދު ފަށަން ތައްޔާރުވެފައި އޮއްވާ ކުރެއްވި ޕޯސްޓެކެވެ. އެ ޕޯސްޓު ޑިލީޓު ކުރެއްވި ވާހަކަތަކަށް ކުޑަނަމަވެސް ހިޔަންޏެއް އެޅުނަ ނުދިނުމަށް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.  

ގުޅުންހުރި ޚަބަރު