ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
މަޝްވަރާތަކުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން: ވެންސް
ދުނިޔެ

މަޝްވަރާތަކުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން: ވެންސް

ޟޟަމްރަތު އަހްމަދު11 އޭޕްރީލް 2026
ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ބާއްވާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އީރާނާއެކު ޕާކިސްތާނުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ސާފު "ގައިޑްލައިނެއް" ދެއްވާފައި ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިސްލާމްއާބާދަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި އެމެރިކާގެ ވަފުދުގެ ވެރިއަކަށް ހުންނަވާނީ ވެންސް އެވެ. އޭނާއާއެކު މަޝްވަރާގައި އެމެރިކާގެ ފަރާތުން ބައިވެރިވާނީ ޓްރަމްޕުގެ ދަނބިދަރިފުޅު، ޖެރެޑް ކުޝްނާއި، ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޢަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ އެޑްމިރަލް ބްރެޑް ކޫޕަރ އެވެ. އީރާނުގެ ފަރާތުން ބައިވެރިވާ ވަފްދުގެ އިސްބޭފުޅުންގެ ގޮތުގައި ތިއްބަވާނީ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އާއި ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ އެވެ. އިޒްރޭލުން މި ބޭފުޅުންނަށް ހަމަލާއެއް ދީފާނޭ  ކަމަށް ބަލައިގެން ޕާކިސްތާނުން ވަނީ ވަރަށް މަތީދަރަޖައަކަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިފައެވެ. ސުލްހައިގެ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ (ހޮނިހިރު) ދުވަހުއެވެ.

ގުޅުންހުރި ޚަބަރު