ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެމެރިކާ އަޑީގައި އޮވެގެން ހަސީނާގެ ސަރުކާރު ބަދަލުކޮށްލި
ދުނިޔެ

އެމެރިކާ އަޑީގައި އޮވެގެން ހަސީނާގެ ސަރުކާރު ބަދަލުކޮށްލި

އއިބްރާހީމްް ސަމީރު3 އޮކްޓޯބަރު 2024
ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ޙަސީނާގެ ސަރުކާރު ވައްޓާލުމުގެ އެތައް މަހެއް ކުރިން އެމެރިކާއިން ވަނީ ބަނގްލަދޭޝްގައި ހަމަނުޖެހުން އުފެއްދުމަށް ރާވައި މަސައްކަތްތަކެއް ކޮށްފައެވެ. މިހާރު ދަ ގްރޭޒޯން އިން ލީކުކޮށްފައިވާ ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރު ވައްޓާލުމުގެ ކުރިން އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓުން ވަނީ ބަނގްލަދޭޝްގައި ޤައުމީ ފެންވަރުގައި "ބާރުވެރިކަން ފުރޮޅާލުމަށް" އެކި ދިމަދިމާއިން މީހުން ހޯދައި ތައްޔާރުކޮށްފައެވެ. އެމެރިކާ ސަރުކާރުން ފައިސާ ހޯދައިގެން ހިންގާ އެމެރިކާ ސަރުކާރުގެ މި އެންޖީއޯއިން ވަނީ އެއް ޖިންސުން ގުޅުން ހިންގަން ހުއްދަ ކުރުމަށް ވަކާލާތު ކުރާ "އެލްޖީބީޓީކިޔޫ ހަރަކާތުގެ މީހުން" ހިމެނޭ އެކްޓިވިސްޓުންގެ ލަޝްކަރެއް ތަމްރީނުކޮށްފަ އެވެ. ރިޕަބްލިކަން އިންސްޓިއުޓުން ވަނީ، ބަނގްލަދޭޝްގައި އެމީހުންގެ ޙަރަކާތްތައް ހިންގުމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މަގުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުން އެންމެ ފަހުން ބަންގްލަދޭޝްގެ އިންތިހާބީ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގެ ސަރުކާރު ވައްޓާލިއެވެ. އަދި ސިފައިން ވަނީ ވެރިކަން އަތުލައިގަނެ، ސިފައިންގެ ރުހުން ލިބިގެންވާ ވަގުތީ ސަރުކާރެއް އިންދާފައެވެ. ބަނގްލަދޭޝްގެ ގާނޫނު ނެގެހެއްޓުން އެއްކޮށް ހުއްޓުމަކަށް އައިސް، މުޒާހަރާ ކުރާ މީހުން ވަނީ ބޮޑު ވަޒީރުގެ ގަނޑުވަރާއި ދައުލަތުގެ އިދާރާތަކަށް ވަދެ، ތަންތާނގައި ހުޅު ޖަހައި ހަދާފައެވެ. ހުޅަނގުގެ މީޑިއާއިން ވެސް ޚަބަރު ގެނަސްދީފައި ވަނީ ގޮށްމޮށުން ވެރިކަން ކުރި ވެރިއެއްގެ ވެރިކަމަށް ސިއްކަ ޖެހުނީ ކަމަށް ބުނެ އުފާފާޅުކޮށް ތަޙުލީލުތައް ގެނަސް ދީފައެވެ. ޙަސީނާއާ ދެކޮޅަށް އެމެރިކާއިން ނިކުތީ ބޭ އޮފް ބެންގޯލް ސަރަހައްދުގައި އެމެރިކާއިން ސިފައިން ބައިތިއްބަން ބޭނުންވެގެން އެކަމަށް ހުއްދަ ނުދިނުމުންނެވެ. ވަގުތީ ސަރުކާރުގައި އިސްކޮށް ހުންނެވި ޔޫނުސްއަކީ ނޯބެލް ގެ އިނާމު ލިބފައިވާ އެމެރިކާގެ ވެރި ފަންތީގައި މަޤްބޫލު ބޭފުޅެކެވެ.

ގުޅުންހުރި ޚަބަރު