ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބޮޑުމަޝްވަރާއަށް ތައްޔާރު: ތިންސަތޭކައާއި އެކާހަތްތެރީގެ ތަފާތު ފެންނާނެ!
ދުނިޔެ

ބޮޑުމަޝްވަރާއަށް ތައްޔާރު: ތިންސަތޭކައާއި އެކާހަތްތެރީގެ ތަފާތު ފެންނާނެ!

ޟޟަމްރަތު އަހްމަދު11 އޭޕްރީލް 2026
އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ސުލްހައިގެ މަޝްވަރާ ތަކަށް ދެގައުމުންވެސް ތައްޔާރު ވެއްޖެއެވެ. މަޝްވަރާތައް ބާއްވާ އަދި މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދޭ ޕާކިސްތާނުން ވެސް ވަނީ ތައްޔާރު ވެފައެވެ. މި މަޝްވަރާތަކަށް އީރާނުގެ ވަފުދު ވަނީ ރޭގެ ވަގުތެއްގައި ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގެންފައެވެ. އެމެރިކާ ވަފުދުގެ ބައެއް މެންބަރުންވެސް ވަނީ ވަޑައިގެންފައެވެ. މި ދެ ގައުމުގެ ދެ ވަފުދުގެ އެންމެ ބޮޑު ތަފާތަކީ އަދަދެވެ. އެމެރިކާ ވަފުދުގައި 300 މެންބަރުން ހިމެނެއެވެ. އެއީ މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަވާ މައި ވަފުދުގެ އިތުރުން އެހެން ކަންކަން ބަލަހައްޓާ މީހުންވެސް ހިމެނޭގޮތަށެވެ. އޭގެ ތެރޭގައި މައިވަފުދަށް އިރުޝާދު ދެއްވާ ކޮމިޓީތައް ވެސް ހިމެނެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ މީހުން ވެސް ހިމެނެއެވެ. މީގެ އިތުރުން ޕްރޮޓޮކޯލް ބަލަހައްޓާ ޓީމުތައް ވެސް ހިމެނެއެވެ. މިޓީމް ލީޑުކުރައްވަނީ އެމެރިކާގެ ނާއިބު ރައީސް ވެންސެވެ. އީރާނުގެ ވަފުދުގައި ޖުމްލަ ހިމެނިވަޑައިގަންނަވަނީ އެންމެ 71 މެންބަރުންނެވެ. ވަފުދު ލީޑުކުރައްވާނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސެވެ. އެމަނިކުފާނާއެކު އީރާނުގެ ޚާރިޖީ ވަޒީރާއި އެނާގެ ތިން ނާއިބަކާއި މަރުކަޒީ ބޭންކުގެ ރައީސާއި ނިއުކްލިއަރ ތަޖުރިބާކާރުންނާއި ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. ރަސްމީކޮށް މަޝްވަރާތައް ފެށުމުގެ ކުރީން އީރާން ވަފުދުން ޕާކިސްތާނުގެ ބޮޑުވަޒީރާ ވަކިވަކިން ބައްދަލު ކުރައްވާފައިވާކަމަށް އެނގިފައިވެފައެވެ. މަޝްވަރާތައް ފަށަން އޮތީ މިއަދު ހެނދުނު 8:00 ގައެވެ. އެންމެންވެސް އިންތިޒާރު ކުރަނީ ނަތީޖާއަށެވެ. އެމެރިކާގެ ވަފުދުން ވިދާޅުވެފައިވަނީ ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރައްވާ ކަމަށެވެ. 300 އަކައި 71 ގެ ތަފާތު ބަލަން ތިބެމާ ހިނގާށެވެ.  

ގުޅުންހުރި ޚަބަރު