ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ލުބްނާން ވެސް ހިމަނަން ޖެހޭ: ޕްރޮފެސަރ އިގްބާލް
ދުނިޔެ

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ލުބްނާން ވެސް ހިމަނަން ޖެހޭ: ޕްރޮފެސަރ އިގްބާލް

ޟޟަމްރަތު އަހްމަދު11 އޭޕްރީލް 2026
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ލުބްނާން ވެސް ހިމަނަން ޖެހޭނޭ ކަމަށް ޕާކިސްތާނުގެ ޕްލޭނިން އެންޑް ޑިވެލޮޕްމެންޓް އެންޑް ސްޕެޝަލް އިނިޝިއޭޓިވްސް މިނިސްޓަރު ޕްރޮފެސަރ އަހްސަން އިގްބާލް ވިދާޅުވެއްޖެއެވެ. ބީބީސީގެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޕާކިސްތާނުން ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ހުއްޓާލެވޭނީ އޭގައި ހިމެނޭ ހުރިހާ ދިމާއަކުން (މުޅި ޕެކޭޖު) ހުއްޓުވައިގެން ކަމަށެވެ. "މި ސަރަހައްދުގައި އެއްފަޅީގައި ލޭ އޮހުރުވަމުން އަނެއްފަޅީގެ ވާހަކަ ނުދެއްކޭނޭ. އަޅުގަނޑު ދެކޭ ގޮތުގައި އިޒްރޭލުން މިހާރަށްވުރެ ޒިންމާދާރު ދައުރެއް އަދާކުރަން ޖެހޭ. އަދި މި މަޝްވަރާތައް ކޮޅެއްގައި ނުޖެހޭ. އެހެންވީމާ މަޝްވަރާއަށް ހުރަސް އެޅޭފަދަ ނުވަތަ ގެއްލުންވާފަދަ ކަމެއް އިޒްރޭލުން ކޮށްގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ. އިގްބާލް ވިދާޅުވީ ދެ ފަރާތުން އެއްބަސްވުމަކަށް އައުމަށް ޕާކިސްތާނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކޮށް މަޝްވަރާތައް ކުރިއަށް ގެންދަން ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ އެއީ މަޝްވަރާތައް ކާމިޔާބުވުން ކަމަށް ގަބޫލު ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. މެދުއިރުމަތީގެ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވި ނަމަވެސް، ލުބްނާނުގައި އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހަނގުރާމަ އަދިވެސް ދަނީ ކުރަމުންނެވެ. އެމެރިކާ އާއި އިޒްރޭލުން ވަނީ ލުބްނާން އެ އެއްބަސްވުމުގައި ނުހިމެނޭނެ ކަމަށް ބުނެފައެވެ. މިއީ އީރާނަށް ބަލައިގަންނަން ފަސޭހަ ކަމެއްނޫނެވެ.  

ގުޅުންހުރި ޚަބަރު