ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އީރާނުން ހޮރްމުޒު ކަނޑުއޮޅު ހުޅުވަންޖެހޭ: މެކްރޯން
ދުނިޔެ

އީރާނުން ހޮރްމުޒު ކަނޑުއޮޅު ހުޅުވަންޖެހޭ: މެކްރޯން

އއަހުމަދު މުހައްމަދު12 އޭޕްރީލް 2026
އީރާނުގެ ރައީސް ފްރާންސްގެ ޕެޒެޝްކިއަންއަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފި ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ. އިސްލާމްއާބާދުގައި މިއަދު ފެށި މަޝްވަރާތަކުން ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕެވުމަށް ޕެޒެޝްކިއަންއަށް އިލްތިމާސް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއާއެކު ސޯޝަލްމީޑިއާ ޕްލެޓު ފޯމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި މެކްރޮން ވިދާޅުވެފައިވަނީ އީރާނުން ވީހާވެސް އަވަހަކަށް ސްޓްރޭޓް އޮފް ހޮރްމުޒް ކަނޑުއޮޅި ހުޅުވަންޖެހޭ  ކަމަށެވެ. އަދި އެތަނުން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި ރައްކާތެރިކަން އަލުން ގާއިމް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ ފްރާންސުން އެ މަސައްކަތަށް "އެއްބާރުލުން ދޭން ތައްޔާރު" ކަމަށެވެ. އެއާއެކު ލުބުނާން ހިމެނޭ ގޮތަށް ހަނގުރާމަ ހުއްޓާލުމަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު