ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުން ގޮވާލައްވައިފި
ދުނިޔެ

ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުން ގޮވާލައްވައިފި

ޟޟަމްރަތު އަހްމަދު12 އޭޕްރީލް 2026
އެމެރިކާއާއި އީރާނާ ދެމެދު ހުއްޓާލައިފައިވާ ހަނގުރާ އަލުން ނުފެށުމަށާއި ހަގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު  ދާރް އީރާނާއި އެމެރިކާއަށް ގޮވާލައިފިއެވެ. އެދެގައުމުގެ މެދުގައި ސުލްހަ ގާއިމް ކުރުމަށް ޕާކިސްތާނުގައި ބޭއްވި ވިހިގަޑިއިރުގެ މަޝްވަރާ ވަނީ އެއްބަސްވުމަކަށް ނާދެވި ނިމުމަކަށް އައިސްފައެވެ. ކުރިއަށްއޮތް ތާނގައިވެސް އެދެގައުމުން ތާއިދު ކުރަންޖެހޭނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކަމަށްވެސް ވިދާޅުވިއެވެ. މި ހަނގުރާމަ ހުއްޓާލުމަށް ދެގައުމުން ވެފައިވާ ވައުދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެކަން ދެމެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށްއޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އީރާނާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގައި ޕާކިސްތާނުން މަސައްކަތްކުރާނޭ ކަމަށްވެސް ޚާރިޖީވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު