ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މަޝްވަރާ ކާމިޔާބެއްނުވި، އެހެންވީ އެމެރިކާގެ ޝަރުތުތައް އީރާނުން ގަބޫލު ނުކުރުމުން: ވެންސް
ދުނިޔެ

މަޝްވަރާ ކާމިޔާބެއްނުވި، އެހެންވީ އެމެރިކާގެ ޝަރުތުތައް އީރާނުން ގަބޫލު ނުކުރުމުން: ވެންސް

ޟޟަމްރަތު އަހްމަދު12 އޭޕްރީލް 2026
އެހެން ގައުމުތަކުގެ މައްޗަށް އަމުރުކުރުމަށް އެމެރިކާ ގެންގުޅޭ ހިޓްލަރު އުސޫލުގެ ސަބަބުން ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާ ކާމީޔާބަކާ ހަމައަށް ނާދެވި ނިންމާލައިފިއެވެ. އެމެރިކާ ވަފުދުގެ ވެރިޔާ މަޝްވަރާއަށްފަހު ވޮޝިންޓަނަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ މަޝްވަރާއިން ނަތީޖާއެއް ނުނެރެވުނީ އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސް ނުވުމުން ކަމަށެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމެރިކާ އިން "ރެޑް ލައިންސް" އީރާނަށް ސާފުކޮށްދިން ކަމަށެވެ. އެހެންނަމަވެސް އީރާނުން އެ ޝަރުތުތަކަށް އެއްބަސް ނުވިކަމަށެވެ. "އީރާނުގެ ރައްޔިތުން އަޅުގަނޑުމެންގެ ޝަރުތުތައް ގަބޫލު ކުރާނެ ހާލަތަކަށް ނުދެވުނު،" ނޫސްވެރިންގެ ގާތު އޭނާ ވިދާޅުވިއެވެ. ވެންސް ވިދާޅުވީ އެމެރިކާގެ ވަފުދުން މަސައްކަތްކުރީ ވީހާވެސް ބޮޑަށް އީރާނަށް ދޫދީގެން ސުލްހަވެރި ހަލެއް ހޯއްދަވަން ކަމަށެވެ. އެހެންނަމަވެސް އީރާނުން އެމަގަށް ދީލާނުލި ކަމަށެވެ. މިކަމުގެ ސަބަބުން އެމެރިކާއަށްވިރެ ބޮޑަށް ގެއްލުންވާނީ އީރާނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވެންސް ވިދާޅުވީ މި މަޝްވަރާތަކުގައި ބާރަވަރަކަށްފަހަރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ގުޅުއްވައިގެން މަޝްވަރާ ކުރެއްވި ކަމަށެވެ. އެހެންކަމުން މިމަޝްވަރާތަކުގައި ޓްރަމްޕްގެ ހިއްސާ ވެސް ބޮޑު ކަމަށެވެ. މި މަޝްވަރާގެ ކުރީން އީރާނުން ވަނީ މިއީ "އެމެރިކާ ފަސްޓް" މަޝްވަރާއެއް ކަމަށްވާނަމަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންމަވެސް "އިޒްރޭލް ފަސްޓް" ހިފައިގެން މަޝްވަރާއަށް އައިސްގެން ކަމެއް ހާސިލްވުމާ ވަރަށްދުރު ކަމަށް އެގައުމުން ވިދާޅުވިއެވެ. މަޝްވަރާގެ ކުރިން އެމެރިކާއިން ފުރިހަނަކުރަންޖެހޭ ދެ ޝަރުތެއްވެސް އެމެރިކާއިން ފުރިހަމަ ނުކުރެއެވެ. އެއީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމާއި ލުބުނާނަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމެވެ. އެމެރިކާއިން ބުނެފައިވަނީ އީރާނުން އެމީހުންގެ "ޕްރޮކްސީ" ތަކާ ގުޅުންކަނޑާލަށް ޖެހޭކަމަށެވެ. އެހެންނަމަވެސް އީރާނުން ވަނީ އިޒްރޭލަކީ އެމެރިކާގެ "ޕްރޮކްސީ" ނޫންތޯ ސުވާލުކޮށްފައެވެ. އީރާނުން ބުނެފައިވަނީ މަޝްވަރާއަށް އައީ އުންމީދާއެކުގައި ކަމަށެވެ. އެހެންނަމަވެސް އެއްވެސް އިތުބާރެއް ނެތްކަމަށް ވަނީ ބުނެފައެވެ. އެމެރިކާއިން އެހެން ގައުމުތަކުގެ މައްޗަށް ހިންގަންއުޅޭ އާރާއިބާރާއި ނުފޫޒުގެ ސަބަބުން އެމެރިކާއާއެކު މިފަދަ ވާހަކަތައް ދެއްކުން ފަސޭހަނޫން ކަމަށާއި އެއީ ވައުދަށް ކަމޭހިތާ ގައުމެއް ނޫންކަމަށްވެސް އީރާނުންވަނީ ވިދާޅުވެ.

ގުޅުންހުރި ޚަބަރު