ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އީރާނުގެ ކުރިމަތީގައި ޓްރަމްޕު "ސައިޒު" ވީ ކީއްވެ؟
ދުނިޔެ

އީރާނުގެ ކުރިމަތީގައި ޓްރަމްޕު "ސައިޒު" ވީ ކީއްވެ؟

އއަޙްމަދު ސަޢީދުު12 އޭޕްރީލް 2026
ދުނިޔެ ހީކުރީ އެމެރިކާގެ ބިރުދެއްކުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ޖަހާނެ ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ޓްރަމްޕުގެ ހަރުކަށި ބަސްމަގާއި އިންޒާރުތަކުން އީރާނުގެ އަޒުމަކަށް ބަދަލެއް ނުގެނެވުނެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ އިސްލާމީ އުންމަތުގެ ހިތްވަރުގަދަ މުޖާހިދުންގެ ސާބިތުކަމެވެ. މުސްލިމުންނަކީ މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުގަންނަ ބައެއް ނޫނެވެ. މިއީ ހަމައެކަނި ބަހެއް ނޫނެވެ، މިއީ އަމަލުން ދައްކަމުންދާ ހަގީގަތެކެވެ. އީރާނުގެ މި ޖެހިލުންކުޑަ ކަމާއި، ދޫނުދިނުމުގެ ސިޔާސަތުގެ ކުރިމަތީގައި، ޔަހޫދީންގެ މަސްލަހަތު ހިމާޔަތްކުރަން އުޅުނު ފަރާތްތަކަށް ޖެހުނީ މަޑުމޮޅިވާށެވެ. އީރާނުގެ ސާބިތުކަމުގެ ސަބަބުން، އިސްލާމްދީނުގެ ދުޝްމަނުންނާއި ޔަހޫދީން މިއަދު ވަނީ މާޔޫސްވެފައެވެ. އެމީހުންގެ ރޭވުންތައް ފެނަށްވެ، ކުޑަކަކޫ މައްޗަށް ތިރިވެ، ނޯށުން ރޯންޖެހޭ ފަދަ ހާލަތަކަށް ކަންކަން ވަނީ ގޮސްފައެވެ. މިއީ މުސްލިމުންގެ އީމާންތެރިކަމާއި ހިތްވަރުގެ ނަތީޖާއެވެ. ޙައްގުގެ މަގުގައި ސާބިތުވެ ތިބި ބަޔަކު ދުވަހަކުވެސް ބަލި ނުކުރެވޭނެކަން މިއަދު މުޅި ދުނިޔެއަށް މިވަނީ ހާމަވެފައެވެ.  

ގުޅުންހުރި ޚަބަރު