ދިވެހި|English 9 ޖުލައި 2026 · 04:06
Top banner
Advertisement
މުހޫޒީގެ ދެޑިމާންޑެއް ތުރުކީއަށް: އެންމެ ރީތި އަންހެނާއި، އެއްބިލިއަން ޑޮލަރުދީ
ދުނިޔެ

މުހޫޒީގެ ދެޑިމާންޑެއް ތުރުކީއަށް: އެންމެ ރީތި އަންހެނާއި، އެއްބިލިއަން ޑޮލަރުދީ

އއިބްރާހީމްް ސަމީރު13 އޭޕްރީލް 2026
ޔުގެންޑާގެ އަސްކަރީ ވެރިޔާ، ޖެނެރަލް މުހޫޒީ ކައިނެރުގާބާ، ތުރުކީވިލާތަށް އާދަޔާ ޚިލާފު ދެ ޑިމާންޑެއް ކޮށްފިއެވެ. ދެ ޑިމާންޑުވެސް އޭނާ ކުރެއްވީ ސޯޝަލް މީޑިއާގައެވެ. ފުރަތަމަ އޭނާކޮށްފައިވާ ޑިމާންޑަކީ ސޯމާލިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ޔުގެންޑާގެ ސިފައިން ކުރަމުންދާ މަސައްކަތުގެ ބަދަލުގައި ތުރުކީން 1 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށެވެ. ދެވަނަ ޑިމާންޑެއްގެ ގޮތުގައި އޭނާ ހުށަހަޅާފައިވަނީ ތުރުކީވިލާތުގައި އިން "އެންމެ ރީތި އަންހެން މީހާ" އޭނާއާ ކައިވެނިކޮށްދިނުމަށެވެ. މިއީ މަޖާޒީ ގޮތެއްގައި އޭނާ ކުރެއްވި ޕޯސްޓެކެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން މިކަން ސިފަ ކުރަނީ ޔޫގެންޑާގެ ރައީސް ޔޫރީ މޮސޮވީނީގެ މި ދަރިއަކީ ބޯ ގޯސްވެފައިވާ ދަރިއެއްގެ ގޮތުގައެވެ. މުހޫޒީއަކީ އެ ގައުމުގެ ސިޔާސީ މަސްރަހުގައި ބޮޑު ނުފޫޒެއް އޮތް ބޭފުޅެކެވެ. އޭނާގެ މި ވާހަކަތަކަކީ އަންހެނުންގެ ކަރާމާތަށް އުނިކަން އަންނަ، އަދި މަގާމުގެ ގޮތުން އެކަށީގެންނުވާ ވާހަކަތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިއީ ކައިނެރުގާބާ މިފަދަ އާދަޔާ ހިލާފު ވާހަކަތަކެއް ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު އޭނާ ވަނީ އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ކައިވެނި ކުރުމަށްޓަކައި 100 ގެރި ހަދިޔާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ މެސެޖުކޮށްފައެވެ.

ގުޅުންހުރި ޚަބަރު