ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ފޮޓޯ
ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގައި ދުޝްމަނުންނާ ބައްދަލު ކުރަނީ މަރު: އީރާނު

އއަހުމަދު މުހައްމަދު13 އޭޕްރީލް 2026
އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރްޖީސީ) އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެ އިންޒާރުގައި ބުނެފައިވަނީ ދުޝްމަނުން ހޮރުމުޒު ކަނޑުއޮޅި ބަންދުކުރަން ނުވަތަ ކޮންޓްރޯކުރުމުގެ ނަމުގައި އެތަނަށް އީރާނަށް ދުއްޕާން ކުރާކަމަށްވާނަމަ އެތަނުން ދުޝަމަނުންނާ ބައްދަލުކުރާނީ މަރުފަދަ ނުރައްކާތެރި ކަންތައްތަކެއް ކަމަށެވެ. މި އިންޒާރު އެކްސްގައި ދީފައި މިވަނީ ހޯރްމޫޒް ކަނޑުއޮޅިގެ ހަގީގީ ހާލަތު ދައްކުވައިދޭ ޑްރޯން ސަވައިލެންސް ފުޓޭޖަކާއެކުގައެވެ. އައިއާރްޖީސީގެ ނޭވީން ބުނީ ހޮރްމޫޒް ކަނޑުއޮޅިގައި ހިނގާ ހުރިހާ ހަރަކާތްތަކެއްގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އެގައުމުގެ ހަނގުރާމަމަތީ ދެ މަނަވަރެއް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ގަލްފުގައި މައިންތައް ސާފުކުރުމުގެ އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ. އީރާނުގެ މައި އަސްކަރީ ކޮމާންޑް ސެންޓަރ ޚަތަމުލް އަންބިޔާ ސެންޓްރަލް ހެޑްކްއޯޓަރުން ވަނީ އެމެރިކާގެ މި ހަންފެތުރުން ދޮގުކޮށްފައެވެ. އެ ސަރަހައްދުން މައިންސާފު ކުރުމަށް އިނގިރޭސީންނާއި އެހެން ބައެއް ގައުމުތަމުން އުޅަނދު ފޮނުވާނޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޓްރަމްޕް މިހާރު އުޅެމުންދާ "ހަޑި" ގޮތުން އޭނާއާ އެއްބައިވާކަށް އިނގިރޭސީން ވެސް އަދި ފަރަންސޭސީން ވެސް ބޭނުމެއް ނުވިއެވެ. އީރާނުގެ ޚަބަރުފަތުރާ ރަސްމީ ޓީވީން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އެމެރިކާގެ ދެ ޑިސްޓްރޯޔަރ އުޅަނދެއް އުދުއްސާލަން އެމެރިކާ ސިފައިން މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް އެކަން ނާކާމިޔާބު ކޮށްފި ކަމަށް ބުނެފައިވެއެވެ.  އެމެރިކާއިން އެބުނާ ދެ މަނަވަރެއް ވަނީ އީރާނުގެ އިންޒާރުގެ ސަބަބުން ފަހަތަށް ޖެހިފައެވެ. އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިއާ ދިމާއަށްވެސް އެއްވެސް އަސްކަރީ އުޅަނދެއް ދަތުރުކުރާ ކަމަށްވާނަމަ ހަރުކަށި ފިޔަވަޅު އަޅާނޭ ކަމަށެވެ. އީރާނާއި އެމެރިކާއާ ދެމެދު ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.  

ގުޅުންހުރި ޚަބަރު