ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ހަމަލާތަކުގައި އީރާނުގެ 77 އާސާރީ ބިނާ ހަލާކުވެއްޖެ
ދުނިޔެ

ހަމަލާތަކުގައި އީރާނުގެ 77 އާސާރީ ބިނާ ހަލާކުވެއްޖެ

ޟޟަމްރަތު އަހްމަދު13 އޭޕްރީލް 2026
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ތެހެރާންގެ އާސާރީ ބިނާތަކަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އާސާރުތައް ބަލަހައްޓާ ކޮމިޓީގެ ސެކްރެޓަރީ ސަޖާދު އަސްގަރީ ދެއްވައިފިއެވެ. އައީއާރުއެންއޭ އިރްނާ ނިއުސް އޭޖެންސީން ބުނި ގޮތުގައި އަސްގަރީ ވަނީ އެ ގެއްލުން ތަފްސީލުކޮށް ކިޔައިދީފަ އެވެ. ތެހެރާންގެ 77 އާސާރީ އިމާރާތަކާއި ގަނޑުވަރުތަކާއި ދާރުލްއާސާރުތަކަށް ވަނީ ގެއްލުން ލިބިފައިވެއެވެ. އޭގެތެރެއިން 90 އިންސައްތަ ގެއްލުމަކީ ކުޑަ އަދި 10 އިންސައްތަ ސީރިއަސް ގެއްލުންތައްކެކެވެ. ގެއްލުން ލިބުނު ތަންތަނުގެ ތެރެއިން 38 ސަރަހައްދަކީ ގައުމީ ފެންވަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހަނދާނީ ބިނާތަކެވެ. ބާކީ ހުރި އިމާރާތްތަކަކީ އާކިޓެކްޗަރަލް އަދި ސަގާފީ އަގުހުރި އިމާރާތްތައް ކަމަށް އޭނާ މައުލޫމާތު ދެއްވާފައިވެއެވެ. ހަލާކުވެފައިވާ 27 މޮނިއުމަންޓަކީ ގާޖަރުގެ ޒަމާނުގެ ބިނާތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގެއްލުން ލިބުނު އިމާރާތްތަކުގެ ތެރޭގައި ފަރޯޚަބާދް ޕެލަސް، އިޝްރަތާބާދު ޕެލަސް، ކަހަކް މިލް، ކަހަކް މިލް، ކަސްރު ޖަލު، މާބްލް ޕެލަސްގެ ސްޓޯން ގޭޓް، އަހުމަދު ރޭޒާ ޕަހްލަވީ ޕެލަސް އަދި ރަފީނިއާ ސިނަގޯގް ހައުސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު