ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އީރާނާއި ގަތަރުން ސަރަހައްދުގެ މަސްރަހާ ބެހޭގޮތުން މަޝްވަރާ ކޮށްފި
ދުނިޔެ

އީރާނާއި ގަތަރުން ސަރަހައްދުގެ މަސްރަހާ ބެހޭގޮތުން މަޝްވަރާ ކޮށްފި

ޟޟަމްރަތު އަހްމަދު14 އޭޕްރީލް 2026
މެދުއިރުމަތީގެ މިހާރުގެ ހާލަތާމެދު ގަތަރާއި އީރާނުން މަޝްވަރާ ކުރައްވައިފިއެވެ. މިމަޝްވަރާ ކޮށްފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ގަތަރުގެ ޚާރިޖީ ވަޒީރަށް ކުރެއްވި ފޯންކޯލެއްގައެވެ. ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙުމާން ބިން ޖާސިމް އައްސާނީއަށް އަރަޤްޗީ ކުރެއްވި ކޯލުގެ ވަނީ ޕާކިސްތާނުގައި އީރާނާއި އެމެރިކާއިން ބޭއްވި މަޝްވަރާތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ. އެހެންނަމަވެސް މީގެ އެއްވެސް ތަފްސީލެއް އީރާނުގެ މީޑީއާއިން ހާމަކުރައްވާފައެއް ނުވެއެވެ. މި ދެބޭފުޅުންވަނީ ސުލްހައިގެ ވާހަކަތަކުގެ އިތުރުން ސަރަހައްދީ އެހެން ކަންކަމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފައެވެ. މި ވާހަކަތުގެ ވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. ހަނގުރާމައިގެ ކުރީކޮޅު އީރާނުންވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ތަންތަނަށް ވަރުގަދައަށް ހަމަލާފީފައެވެ. މިހަމަލާތަކުގެ ސަބަބުން ގަތަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އީރާނަށް އިންޒާރުވެސް ދީފައެވެ. އަވަށްޓެރި ގައުމުތަކުގެ ޝަކުވާތަކަށް އީރާނުންވަނީ ވަރަށް ސާފު ޖަވާބެއްދީފައެވެ. އެގައުމުން ބުނެފައިވަނީ އަވަށްޓެރި އެއްވެސް ގައުމަކަށް ހަމަލާދޭން ބޭނުން ނުވާކަމަށެވެ. ހަމަލާދެނީ އެގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ކަމަށެވެ. އީރާނު ލައްވައި މިކަން ހުއްޓުވަން ބޭނުން ކަމަށްވާނަމަ އީރާނަށް ހަމަލާ ދިނުމަށް އެފަދަ ތަންތަން ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދިނުމަށް އީރާނުން އައީ ބުނަމުންނެވެ. ޕާކިސްތާނުގެ ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެގައުމުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް ވަރަށް އަވަހަށް ސައުދީއަރަބިއްޔާއަށް ވަޑައިގަންނަވާނެއެވެ. މިއީ ދާއިމީކޮށް ހަނގުރާމަ ހުއްޓުވުމަށް ކުރެވިދާނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވަން ވަޑައިގަންނަވާ ދަތުރެއް ކަމަށް ވެސް ޕާކިސްތާނުގެ މަސްދަރުތަކުން ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު