ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ހޮރުމުޒު ކަނޑުއޮޅީގެ މައްސަލާގައި މަޑުމައިތިރިވުމަށް ޗައީނާ ގޮވާލައިފި
ދުނިޔެ

ހޮރުމުޒު ކަނޑުއޮޅީގެ މައްސަލާގައި މަޑުމައިތިރިވުމަށް ޗައީނާ ގޮވާލައިފި

ޟޟަމްރަތު އަހްމަދު14 އޭޕްރީލް 2026
ހޮރުމުޒު ކަނޑުއޮޅީގެ މައްސަލާގައި މަޑުމައިތިރިވުމަށް އެންމެހާ ފަރާތްތަކަށް ޗައީނާއިން ގޮވާލައިފިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގުއޯ ޖިއަކޫން ވިދާޅުވީ، ޗައިނާއޮތީ މި މައްސަލަ ހައްލުކުރުމަށް ބިނާކުރަނިވި ރަނގަޅު ދައުރެއް އަދާ ކުރުމަށް ތައްޔާރަކަށެވެ. "އެންމެންވެސް މަޑުމައިތިރިވެ ހަމަޖެހެން އެބަޖެހޭ. ޗއިނާ އޮތީ ރަނގަޅު އަދި ބިނާކުރަނިވި ދައުރެއް މިކަމުގައި އަދާކުރަން ތައްޔާރަށް،" އޭނާ ވިދާޅުވެފައިވެއެވެ. އޭނާ މިހެން ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމުގެ މަސައްކަތް އެމެރިކާގެ ކަނޑުގެ ސިފައިން މެދުވެރުކޮށް ފާށާނޭ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމާމެދު ޗައިނާ ދެކޭ ގޮތާ ބެހޭގޮތުން "ގްލޯބަލް ޓައިމްސް" އިން ސުވާލު ކުރުމުންނެވެ. އެ ނޫހަކީ ޗައިނާގައި އިނގިރޭސި ބަހުން ނެރޭ ނޫހެކެވެ. ތަރުޖަމާނު ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅިއަކީ މުދަލާއި ހަކަތައާއި  ބައިނަލްއަގުވާމީ އެހެން ވިޔަފާރިތަކަށް ވެސް ވަރަށް މުހިންމު މަގެއް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކޮށްދީ ހުރަހެއް ނެތި ދަތުރުކުރެވޭނޭގޮތް ހެދުމަކީ ބައިނަލްއަގްވާމީ ގޮތުން އެންމެ މަސްލަހަތު ރަނގަޅުގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ގަދަބާރުން ހަނގުރާމައިގެ ބިރުދައްކައިގެން އެމެރިކާއިން އެކަން ކުރަންއުޅޭ ހަނގުރާމަވެރި ސިޔާސަތަށް ޗައިނާއިން ވަނީ ފާޑުވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު