ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޗައިނާއަށް ޖާސޫސްކޮށްދިން މޭޔަރަކު ހައްޔަރުކޮށްފި
ދުނިޔެ

ޗައިނާއަށް ޖާސޫސްކޮށްދިން މޭޔަރަކު ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރު4 އޮކްޓޯބަރު 2024
ފިލިޕީންސްގެ ކުރީގެ މޭޔަރަކު ޗައިނާއަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ތަހުޤީޤެއް ފަށައިފިއެވެ. އެލިސް ގުއޯއަކީ ފިލިޕީނސްގެ ބަންބާންގް ޓައުންގެ ކުރީގެ މޭޔަރެވެ. ފިލިޕީންސްގެ ޤާނޫނު ހަދާ މަޖިލީހުން އިންވެސްޓިގޭޓް ކުރަމުން ދަނީ އެލިސް ގުއޯގެ ނުހައްޤު މުއްސަދިކަމާއި ކެސިނޯ ހިންގާ ފަރާތްތަކުން އޭނާ ފައިސާ ލިބިގަތް ކަމުގެ ތުހުމަތުގައެވެ.  އޭނާގެ ރަށްވެހި ކަމާމެދުވެސް ސުވާލު އުފެދިގެން އެ މައްސަލަވެސް ބަލަން ފަށާފައި ވެއެވެ. ފިލިޕީންސްގެ ކޮންގްރެސްގެ މެމްބަރުން ބުނަނީ ޗައިނާއިން އެޤައުމުގެ އިންތިޚާބުގެ ތެރެއަށް ވަދެގަންނަ ގޮތް މި ތަހުޤީޤުން ހާމަވާ ކަމަށެވެ. އެލިސްގުއޯ ވަނީ އޭނާއާ ދެކޮޅަށް މައްސަލަ ތަޙުޤީޤު ކުރަން ފެށުމުން ފިލައިގެން އިންޑޮނޭޝިއާއަށް ގޮސްފައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމަށްފަހު އިންޑޮނޭޝިއާއިން އަނބުރައި އޭނާ މެނީލާއާ ޙަވާލު ކުރީއެވެ. އެލިސް ގުއޯއަކީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީއެއްގައިވެސް ރިޕޯޓްކޮށްފައިވާ ފަދައިން ކެމްބޯޑިއާގައި ކެސިނޯ ހިންގަމުން ގެންދިޔަ ޗައިނާގެ ވިޔަފާރި ވެރިއެއްކަމަށްވާ ޝީ ޗިންލިންގއަށް މައުލޫމާތު ދީ އޭގެ މުޤާބިލުގައި ފައިސާ ހޯދާފައިވާ މީހެކެވެ. ޝީ މިހާރު ވަނީ ތައިލެންޑްގައި ބަންދުކޮށްފައެވެ. އެލިސް ގުއޯގެ މައްސަލަ ތަހުޤީޤު ކުރަމުން ދަނީ ފިލިޕީންސްގެ ކޮންގްރެސްގެ ކޮމިޓީއަކުންނެވެ.

ގުޅުންހުރި ޚަބަރު