ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އީރާނުން ހުރްމުޒު ކަނޑުއޮޅި އަލުން ބަންދުކޮށްފި
ދުނިޔެ

އީރާނުން ހުރްމުޒު ކަނޑުއޮޅި އަލުން ބަންދުކޮށްފި

އއަހުމަދު މުހައްމަދު19 އޭޕްރީލް 2026
އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރު ކޮށްފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އަލުން ހޮރްމުޒު ކަނޑުއޮޅު ބަންދުކޮށްފިއެވެ. އީރާނުން ބުނެފައިވަނީ އަލުން ހޮރްމުޒު ކަނޑުއޮޅި ހުޅުވަން ދެން ވިސްނާނީ ވެސް އެމެރިކާގެ ހިސާރު އެއްކޮށް ނައްތާލުމުން ކަމަށެވެ. އެހެންނަމަވެސް ގޮތްދޫނުކުރާ އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ބަނދަރުތަކުގެ ހިސާރު ދޫކޮށްލާނީ އެމެރިކާއާއި އީރާނުގެ ވާހަކަތައް ކާމިޔާބުވުމުން ކަމަށެވެ. އީރާނުން ހޮރްމުޒު ކަނޑުއޮޅި މުޅިން ހުޅުވާލީ ރޭގެ ވަގުތެއްގައެވެ. އެއީ އިޒްރޭލުން ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމުން އެކަމަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. މިއާއެކު އީރާނުން ޓްރަމްޕަށް އެންގީ އެގައުމުގެ ބަނދަރުތައް އަލުން ހުޅުވާލުމަށެވެ. އެހެންނަމަވެސް ޓްރަމްޕް އެކަމަށް އެއްބަހެއްނުވިއެވެ. މިހާރުވެސް ޓްރަޕްގެ ހިސާރު ކުރުން ދޫކޮށްލައިފިނަމަ މިހާރުވެސް ކަނޑުއޮޅި ހުޅުވާނޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު