ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އީރާނުގެ އަސްކަރިއްޔާއަކީ ގައުމީ ކަރާމާތުގެ ރަމްޒެއް: އީރާނުގެ ރައީސް
ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަކީ ގައުމީ ކަރާމާތުގެ ރަމްޒެއް: އީރާނުގެ ރައީސް

އއަހުމަދު މުހައްމަދު19 އޭޕްރީލް 2026
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އަސްކަރިއްޔާ އަކީ އިރާނުގެ ގައުމީ ކަރާމާތާއި ބާރާއި މިނިވަންކަން ރަމްޒުކޮށްދޭ ބާރެއްގެ ގޮތުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސިފަ ކުރައްވައިފިއެވެ. ޕެޒެޝްކިއަން މިކަން މިގޮތަށް ސިފަކުރެއްވީ އީރާނުގެ އަސްކަރިއްޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ ސަރަޙައްދީ މިނިވަންކަމާއި އަމަންއަމާންކަން ދެމެހެއްޓުމުގައި އަސްކަރިއްޔާގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ޢަޤީދާއާއި، އަޚްލާޤާއި ތަޖުރިބާއާއި، އިންޤިލާބީ ރޫޙު ވެސް އޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޤައުމުގެ ނާޒުކު ޙާލަތާއި، ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް ރިޢާޔަތްކޮށް، ޤައުމު ދިފާޢު ކުރުމުގައި އަސްކަރިއްޔާގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ދިފާޢީ އެހެން ތަނބުތަކުގެ އިތުރުން، އަސްކަރިއްޔާގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު