ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އިޒްރޭލުގެ ސާޅީހަށްވުރެ ގިނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނިން: އިރާން
ދުނިޔެ

އިޒްރޭލުގެ ސާޅީހަށްވުރެ ގިނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނިން: އިރާން

އއަހުމަދު މުހައްމަދު19 އޭޕްރީލް 2026
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރި 40 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުގެ 40 އަށް ވުރެ ގިނަ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ އަސްކަރިއްޔާ އިން ކާމިޔާބު ހަމަލާތަކެއް ދީފައިވާނޭ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ. ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގެ ގްރައުންޑް ފޯސް އިން ދުޝްމަނުންގެ އަމާޒުތަކަށް ކުރު އަދި މެދުރާސްތާގެ މިސައިލް ހަމަލާތައްދީ ބޮޑެތި ގެއްލުންތަކެއްވެސް ދީފައިވާނޭ ކަމަށެވެ. އިރާނުގެ އަސްކަރިއްޔާގެ ފުރިހަމަ ތައްޔާރީގެ ސަބަބުން އެމެރިކާގެ އެއްގަމު ސިފައިން ހިންގަންއުޅުނު އޮޕަރޭޝަންތަކަށްވެސް ހުރަސް އެޅި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޚަތަމް އަލް އަންބިޔާ ޖޮއިންޓް އެއާ ޑިފެންސް ބޭސް އިން ވަނީ އެ މުއްދަތުގައި އެމެރިކާ އާއި އިޒްރޭލުގެ 170 އަށް ވުރެ ގިނަ އެޑްވާންސް ޑްރޯން ވައްޓާލާފައި ކަމަށެވެ. ސާޅީސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ފެށި އޮޕަރޭޝަންތަކާ ބެހޭ ގޮތުން އަކްރަމީނިއާ ވިދާޅުވީ އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި އޮންނަ އިރްބިލްގައި ތިބި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބޭސްތަކަށް ހަމަލާދީފައިވާނޭ ކަމަށެވެ. އަދި ސަރަހައްދީ އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވެސް ވަރުގަދައަށް ހަމަލާދީ އެތަންތަނަށް އެތައް ގެއްލުމެއްދީފައިވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. "ކަނޑުގައި ހުންނަ މިސައިލްތަކާއި، އިންސާނުން ނެތް އުޅަނދުތަކާއި، މެރިޓައިމް ޑްރޯން (ޔޫއެސްވީ) ބޭނުންކޮށްގެން، އީރާނުގެ ނޭވީން ވަނީ އެ ސަރަހައްދުތަކުގައި ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާ ދީފައި،" އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު