ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
އީރާނު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގައިި ދެމިތިބޭނޭ ކަމަށް ވައުދުވެއްޖެ
ދުނިޔެ

އީރާނު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގައިި ދެމިތިބޭނޭ ކަމަށް ވައުދުވެއްޖެ

އއަހުމަދު މުހައްމަދު19 އޭޕްރީލް 2026
އީރާނުގެ ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރުމަށް ތައްޔާރަށް އެގައުމުގެ އަސްކަރިއްޔާ ދެމިއޮންނާނޭ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) އިން ވިދާޅުވެއްޖެއެވެ. އެސްއެންއެސްސީގެ ސެކްރެޓޭރިއަޓުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަނގުރާމަ ފެށުނތާ ހަފްތާއެއް ފަހުން އެމެރިކާ ސިފައިން ހަނގުރާމަ ހުއްޓާލުމަށް މެސެޖުތައް ފޮނުވަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހަގީގަތަކަށް ވާނީ މަޝްވަރާގެ އޮނިގަނޑެއްގެ ގޮތުގައި އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން އެމެރިކާގެ ރައީސް ގަބޫލު ކުރެއްވުމުން ކަމަށް އެ ބަޔާނުގައިވެއެވެ. އިސްލާމްއާބާދުގައި 21 ގަޑިއިރަށް ބޭއްވި މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާގެ އާ ޑިމާންޑްތަކާ ހެދި ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. ކުރިއަށް އޮތް މަޝްވަރާތަކުގައި ވެސް ދުޝްމަނުންގެ ޑިމާންޑްތައް ފަހުވަގުތު ބަދަލުކޮށްފާނޭ ކަމުގެ އީރާނަށް އެބައޮތެވެ. ކުރިއަށްއޮތް މަޝްވަރާތަކަށް އެމެރިކާއިން މިހާރުވެސް ވަނީ އައު ހުށަހެޅުންތަކެއް ޕާކިސްތާން މެދުވެރިކޮށް ހުށަހަޅައިފައެވެ. އެސްއެންއެސްސީން ވަނީ އީރާނުގެ މަޝްވަރާ ޓީމުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހި، އީރާނުގެ މަސްލަހަތު ދިފާއުކޮށް، އީރާނުގެ މިނިވަންކަމާއި އިއްޒަތާއި ފަޚުރުވެރިކަން ހިމާޔަތް ކުރާނެ ކަމަށް ވައުދުވެފަ އެވެ. އީރާނުގެ އެންމެ މުހިންމު އެއް ޝަރުތަކީ ލުބްނާން ހިމެނޭ ގޮތަށް ހުރިހާ ގޮތަކުން ހަނގުރާމަ ހުއްޓާލުމެވެ. އީރާނުގެ ޕްރެޝަރާ އެކު ލުބްނާނުގައި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލު ސަރުކާރުން އެއްބަސްވެފައިވާކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު